އެސްޓީއޯ

އެސްޓީއޯގެ "ބެކް ޓް ސްކޫލް" ޕްރޮމޯޝަން ފަށައިފި

Aug 1, 2022

ދިރާސީ އާ އަހަރާ ގުޅުވައިގެން އެސްޓީއޯ އިމް ކުރިއަށް ގެންދާ "ބެކްޓް ސްކޫލް" ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައިވެސް ކުރިއަށް ގެންދެ އެވެ.

ކިޔަވާ ކުދިންނާއި އާންމުންގެ ތެރޭގައި މަގުބޫލު ޑެވޮންޑޭލް ކިރުގެ އިތުރުން އެސްޓީއޯއިން އިމްޕޯޓްކޮށް ވިއްކާ ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަނެގެން ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މިގޮތުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ޑެވޮންޑޭލް، ހެޕީ ކައު ޗީޒް އަދި އައި ވީ ކިރު ގަންނަ ކޮންމެ މީހަކަށް ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން ރީޓެއިލް ތިން ނަސީބުވެރިން އަދި ހޯލްސޭލް ތިން ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވެ އެވެ.

ރީޓެއިލްގެ ތިންވަނަ ނަސީބުވެރިޔާއަށް 1،500 ރުފިޔާގެ އަސްރަފީ ބުކްޝޮޕް ގިފްޓް ވައުޗާއެއް، ދެވަނަ ނަސީބުވެރިޔާއަށް 2،500 ރުފިޔާގެ ޕީކަބޫ ގިފްޓް ވައުޗާއެއް އަދި އެއްވަނަ ނަސީބުވެރިޔާއަށް 5،000 ރުފިޔާގެ ޕީކަބޫ ގިފްޓު ވައުޗާއެއް ލިބޭނެ އެވެ.

ހޯލްސޭލްގެ ތިންވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސްގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަނެކެވެ. ދެވަނަ ނަސީބުވެރިޔާއަށް ލިބޭނީ ރަސަލް ހޮބްސްގެ ފެންކައްކާ ޖަގު އަދި ރަސަލް ހޮބްސްގެ މައިކްރޯވޭވް އަވަންގެ އިތުރުން ހަމަ މި ބްރޭޑްގެ ޕްރެޝާ ކުކަރެކެވެ. އެއްވަނަ ނަސީބުވެރިޔާއަށް ލިބޭނީ 327 ލީޓަރުގެ ޗެސްޓް ފްރީޒާ އެކެވެ.

މީގެ އިތުރުން ރީޓެއިލް ކަސްޓަމަރުންގެ ތެރެއިން ޑެވޮންޑޭލް އެއް ލީޓަރު ކިރު ޕެކެޓް އަދި ގަންނަ ކޮންމެ ހިކި ކިރު ޕެކެޓަކަށް ޑެވޮންޑޭލް ލޯގޯ ޖެހި ކަޕެއް ލިބެ އެވެ. ކަޕްތައް ދޫކުރާނީ ސްޓޮކް ހުސްވަންދެން ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.