ދުނިޔެ

އިޒްރޭލު ބޮއިކޮޓްކުރުން ހަރުކަށިކުރަން ޖެހޭ: އަރަބި ލީގު

އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީންގެ ބިންތައް ހިސޯރުކުރުމާ ދެކޮޅު ހެދުމަށް ކުރެވެން އޮތް ކަމަކީ އިޒްރޭލު ބޮއިކޮޓް ކުރުމުގައި ގައުމުތައް އަތުގުޅާލުން ކަމަށް އަރަބި ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ސައީދު އަބޫ އަލީ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ވެރިރަށް ކައިރޯގައި، އަރަބި ވަފުދަކާ ބައްދަލުކުރައްވައި ސައީދު ވިދާޅުވި ގޮތުގައި އިޒްރޭލު ބޮއިކޮޓްކުރުން ހަރުކަށި ކުރުމުން އެދެވޭ ނަތީޖާއެއް ނުކުންނާނެ އެވެ.

"އަޅުގަނޑުމެންގެ މި ބައްދަލުވުން ކުރިއަށް ދާއިރުވެސް އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން އަވަދި ނެތި އުޅޭނީ ފަލަސްތީންގެ ރައްޔިތުންގެ ގެދޮރަށް އަރައިގަތުމާއި މުގައްދަސް ބިންތަކާއި ބިނާތައް ސުންނާފަތި ކުރުމުގައި" ސައީދު ވިދާޅުވި އެވެ.

އދ އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން އިޒްރޭލު ހުއްޓުވުމަށްޓަކައި އެ ޖަމާއަތްތަކަށް ލިބިފައި ހުރި ބާރުތައް ބޭނުންހިފައި މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

ދުނިޔެއިން މިއަދު ފެންނަނީ ހުޅަނގުގެ ދެފުށް ދެގޮތް ކަމާއި ދަހިވެތިކަން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

އިޒްރޭލު ހުއްޓުވަން ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެތައް ސަތޭކަ ބަޔާނެއް ނެރެފި ކަމަށާއި ވީކަމެއް ހަރާމް ކަމަށްވެސް ސައީދު ވިދާޅުވި އެވެ. އެކަމު ހިތާމަ އަކީ ސައީދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އިޒްރޭލަށް ފިޔަވަޅު ނާޅާއި އޮތުމެވެ.

އިޒްރޭލަށް ޕްރެޝަރު ކުރުމަކީ ކޮންމެވެސް ބަދަލެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވެ ސައީދު ވިދާޅުވި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އިގުތިސޯދީ ގޮތުން ދަތިކުރުމެވެ.