ޔުނައިޓެޑް އަރަބް އެމިރޭޓްސް

ހާޓް އެޓޭކެއް ޖެހިގެން ޔޫއޭއީގައި ދިވެއްސަކު މަރުވެއްޖެ

Aug 2, 2022
1

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅެމުން ދިޔަ ދިވެއްސަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ނިޔާވީ ގދ. ތިނަދޫއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މިއުސަމް މުހައްމަދު ސަލީމު އެވެ.

ޔޫއޭއީގެ ފުޖެއިރާއަށް މީގެ އަހަރެއްހާ ދުވަސް ކުރިން އާއިލާއާ އެކު ދިރިއުޅުން ބަދަލުކުރި މިއުސަމް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން އެނގިފައިވެ އެވެ.

މިއުސަމް އާއި އޭނާގެ އަންހެނުން ޔޫއޭއީ އަށް ބަދަލުވީ އަންހެނުންނަށް ޔޫއޭއީ އިން ޓީޗަރެއްގެ ވަޒީފާ ހަމަޖެހުމާ ގުޅިގެންނެވެ.

އޭރު މިއުސަމް މަސައްކަތް ކުރަމުން ދިޔައީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

ދުބާއީ އަށް ބަދަލުވުމަށްފަހު މިއުސަމް މަސައްކަތް ކުރީ ފުޖެއިރާ އެއާޕޯޓުގައި ކަމަށް ބައެއް ގާތް މީހުން ބުނެފައިވެ އެވެ.

މިއުސަމް ނިޔާވިއިރު އަންބަކާއި 12 އަހަރުގެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.