މޯލްޑިވްސް ޕޮލިސް ސާވިސް

ހިދުމަތާ ގުޅުނު ފުލުހުން ހުވާކޮށްފި

ދިވެހި ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގެ މަލްޓި ޕާޕަސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލްކޯޓުގެ ގާޒީ އަބްދުލްނާސިރު ޝަފީގު އެވެ.

ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 82 މުވައްޒަފުން ހުވާ ކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ފިރިހެން 26 ފުލުހުންނާއި އަންހެން 16 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީ އަންހެން 20 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފިރިހެން 20 ފުލުހުންނެވެ. ހުވާކުރުމަށް ފަހު ހުވާގެ އިގުރާރުގައި މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޕަލް ޑައިރެކްޓްރޭޓެޑް ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު އާއި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމުގެ އިތުރުން ހިއުމަން ރިސޯސް ޑިވެލޮޕްމަންޓްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.