ލައިފްސްޓައިލް

ޑިޕްރެޝަންގެ ސަބަބުން ފައިސާފޮތިތަކެއް ކާލައިފި

އިންޑިއާގެ 36 އަހަރުގެ ފިރިހެނަކު ދިރުވާލާފައި ހުރި ފައިސާ ފޮތިތަކެއް އެތައް ގަޑިއިރުތަކެއްގެ ސާޖަރީ ހަދައިގެން ނަގައިފި އެވެ.

ރާޖަސްތާނުގެ ޖޯދްޕޫރުގައި ދިރިއުޅޭ މި މީހާ ދިރުވާލާފައި ހުރީ އެއް ރުޕީސްގެ 63 ފައިސާ ފޮއްޗެވެ. މި މީހާ މިކަން ކޮށްފައިވަނީ ޑީޕްރެޝަންގެ މައްސަލަތައް ބޮޑުވެގެން ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.

ޖުލައި 27 ވަނަ ދުވަހު މި މީހާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީ އެވެ.

ޑޮކްޓަރުން މި މީހާގެ ބަނޑަށް ފިތައި ޗެކް ކުރިއިރު ދަގަނޑު ގަނޑެއް ވަރުގެ ހަރު ތަންގަނޑެއް ބަނޑުގައި ހުރިކަން އެނގުނެވެ. އަދި އެކްސްރޭ ނެގުމުން ބަނޑުގައި ހުރީ ފައިސާ ފޮތިތަކެއްކަން ޔަގީން ކުރެވުނީ އެވެ.

އެމްޑީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުން މި ފައިސާފޮތިތައް ނަގާފައިވަނީ އެންޑޮސްކޮޕިކް ޕްރޮސީޖާ އަކުންނެވެ. މި ހުރިހާ ފައިސާ ފޮތި ނެގުނީ ދެ ދުވަހުގެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްގެންނެވެ.

އެމްޑީއެމް ހޮސްޕިޓަލުގެ ގެސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓްގެ އެޗްއޯޑީ ނަރެންދުރަ ބަރްގާވް ވިދާޅުވީ މި މީހާ ޑޮކްޓަރުން ކައިރީ ބުނީ އޭނާ ދިރުވާލީ 10-15 ވަރަކަށް ފައިސާފޮތި ކަމަށެވެ. ނަމަވެސް އޭނާގެ ބަނޑުން 63 ފައިސާފޮތި ނެގުނު ކަމަށެވެ.

މި މީހާ މިކަންކުރީ ޑިޕްރެޝަންގެ މައްސަލަ ވަރަށް ބޮޑުވެ ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލަތުގައި ކަމުން އެމީހާގެ ނަފްސާނީ ބައްޔަށް ފަރުވާކުރަން އިރުޝާދު ދީފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.