މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕާސަން ކަމަށް އެ ޕާޓީގެ ނާއިބު ރަައީސް ޝިދާތާ ޝަރީފް އައްޔަން ކުރައްވައިފި އެވެ. ޝިދާތާ އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަސްރާ އަހުމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަސްރާ އިސްތިއުފާ ދެއްވީ ކިޔަވާ ވިދާޅުވާން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާތީ އެވެ.
އެމްއެންޕީގެ ސްޕޯކްސްޕާސަން ކަމަށް ޝިދާތާ އައްޔަން ކުރިކަން އިއުލާނު ކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް މުއްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށާ އަދި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފި ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ސްޕޯކްސްޕާސަން ޝިދާތާގެ ހިއްސާ ބޮޑު ކަމަށެވެ.
މިއަދުގެ ބޭއްވުނު ހަރަކާތުގައި ޝިދާތާ ވިދާޅުވީ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި ބިރުވެރިކަމާއި ނާމާންކަމުގައި ވެސް ގާނޫނު ނަގަހައްޓާ ރައްޔިތުންގެ ހައްގުގައި އަޑު އުފުލި ކަމަށާ މިއަދު ކުރިޔަށް ފިޔަވަޅު އަޅަމުން ދަނީ އެ ތަޖުރިބާތަކުގެ އަލީގައި ކަމަށެވެ.
ކުރީން ޖެންޑާ މިނިސްޓަރުކަންވެސް ކުރެއްވި ޝިދާތާ ޝަރީފަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރި ބޭފުޅެކެވެ. ޝިދާތާއަކީ މި ފަހުން ސިޔާސީ މައިދާނަށް ނިކުތް އަދި އެންމެ ބޮޑަށް ކުރިއަށް ވަޑައިގަތް އެއް ބޭފުޅެވެ.