ޗައިނާ

އަނެއްކާވެސް ޗައިނާގެ ބިލިއަނަރަކު ގެއްލިއްޖެ

ޗައިނާގެ ބިލިއަނަރު ޒައު ޝެންޖިއަން ގެއްލިއްޖެ އެވެ.

ޗައިނާގެ އެންމެ މަޝްހޫރު ފެޝަން ޗެއިން މީޓަސް ބޯންވޭގެ ވެރިޔާ ޒައު ގެއްލުމާއި ގުޅިގެން އެކުންފުނިން އެކުންފުނީގެ ހިއްސާގެ މުއާމަލާތަތްތައް ވަގުތީ ގޮތުން މެދު ކަނޑާލާފަ އެވެ.

ޗައިނާ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަނާއި ދެކޮޅު އޮޕަރޭޝަންތަކުގެ ސަބަބުން އެގައުމުގެ ގިނަ ބިލިއަނަރުން ދަނީ ގެއްލެމުންނެވެ. ގިނަ ބަޔަކު އެއީ އަމިއްލައަށް "ގެއްލުން" ކަމަށް ތުހުމަތު ކުރިއަސް ހަބަރުތައް ބުނަނީ ޒައު ވަނީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ.

ޗައިނާގެ 62 އަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ޒައު އަށް އާމްދަނީގެ ގޮތުގައި ހަތަރު ބިލިއަން ޑޮލަރު ލިބެ އެވެ.

ޒައުގެ އިތުރުންވެސް ޗައިނާގެ ގިނަ ބިލިއަނަރުންތަކެއްވެސް ވަނީ ގެއްލިފަ އެވެ.

އެގޮތުން ޗައިނާގެ އެހެން ބިލިއަނަރެއް ކަމަށްވާ ގުއޯ ގުއާންގްޗޭންގް ވެސް ވަނީ ވަރަށް ފަހުން ގެއްލިފަ އެވެ. އޭނާ އަކީ ޗައިނާގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފޯސުންގެ ޗެއާމަން އެވެ.