ކްރިމިނަލް ކޯޓް

ނާޒިމް ސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް

ނާޒިމް ސައްތާރު: އޭނާގެ ބަންދު ވަނީ ދަމަހައްޓާފައި --
0%
0%
0%

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފި އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖެހީ ބަންދާމެދު ގޮތް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަަހު އެވެ. މި އޮޕަރޭޝަންގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރީ އއ އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

އެހެން ކަމުން އޭނާގެ ބަންދަށް ފުރަތަމަ މުއްދަތު ޖެހީ އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށެވެ. އެ ފަހަރުވެސް ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910