އިސްރަށްވެހިންގެ ސިއްހީ ހާލަތު ހުރި ގޮތް ބެލުމަށް ހުޅުމާލޭގައި މިއަދު ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެެވެ.
މި ހަރަކާތް ކުރިއަށް ގެންދިޔައީ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ ނާސް ވޮލަންޓިއާސްއާއި އެޗްޑީސީ ގުޅިގެންނެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހަކުރު ޗެކް ކުރުމާއި، ލޭގެ ޕްރެޝަރު ޗެކްކުރުމާއި އަދި ސިއްހީ ގިނަ މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ކޮންމެ މަހަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.