ވިލާ ގޭސް

"ހިޔާ ލަކީ ޑްރޯ"ގެ ފުރަތަމަ ނަސީބުވެރިންނަށް ފައިސާ ދީފި

Aug 8, 2022

ވިލާ ކުންފުނީގެ ވިލާ ހަކަތަ އިން "ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" ގެ ނަމުގައި މިދިޔަ އަހަރު ފެށި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިންނަށް ފައިސާގެ އިނާމު ހަވާލު ކޮށްފި އެވެ.

"ވިލާ ގޭސް ހިޔާ ފްލެޓް ލަކީ ޑްރޯ" އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް، ފައިސާ ދައްކާ މީހުންގެ މެދުގައި ކުރިއަށްގެންދިޔަ ހާއްސަ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަންގެ ފުރަތަމަ ހަ މަސް ދުވަހުގެ ނަސީބުވެރިން ވަނީ ޖުލައި ހަ ވަނަ ދުވަހު ހޮވާފަ އެވެ. އެއީ ހިޔާ ފްލެޓްގެ ކޮންމެ ޓަވަރަކުން މީހެކެވެ. އެއިން ކޮންމެ މީހަކަށް އިއްޔެ 6،000 ރުފިޔާ ވަނީ ދީފަ އެވެ. އެއީ ހިޔާ ފެލްޓްތަކުގެ ހަ މަސް ދުވަހުގެ މެއިންޓެނެންސް ފީއަށް ވާ އަގު ކަމަށް ވިލާ ހަކަތައިން މައުލޫމާތު ދެއެވެ.

އެ މީހުންނަށް ފައިސާގެ އިނާމު ހަވާލު ކޮށްފައި ވަނީ އިއްޔެ ހަވީރު ހިޔާ ފްލެޓްގެ 14 ވަނަ ޓަވަރު ކައިރީގަ އެވެ.

މި ޕްރޮމޯޝަން މިހާރުވެސް ކުރިއަށް އެބަ ދެއެވެ. މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ގޭސް ފުޅީގެ އަގު މުޅިން ހިލޭ ކުރެވޭ ގޮތްވެސް ހަދާފައި ވެއެވެ. އެގޮތުން ރެޖިސްޓާ ކުރުމަށް 3336633 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.

ވިލާ ހަކަތައިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއި ފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ވިލާ ހަކަތައިގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެ އެވެ.

ވިލާ ގޭސް ވިއްކަނީ ވިލާ ޓްރޭޑިންގެ ބްރާންޗެއް ކަމަށްވާ ވިލާ ހަކަތައިންނެވެ. ވިލާ ހަކަތައަކީ ރާއްޖޭގައި ހަކަތަ (އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގެއޮއިލް)، ސިމެންތި އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ވިޔަފާރި ކުރާ ބޮޑު ވިޔަފާރިއެކެވެ. ވިލާ ހަކަތަ އަކީ 2003 ވަނަ އަހަރު އެލްޕީޖީ، ޑީސަލް، ޕެޓްރޯލް، މެރިން ގޭސް އޮއިލް (އެމްޖީއޯ) އަދި ސިމެންތި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެވެ.