ވިލާ ގޭސް

ވިލާ ގޭހުގެ ޕްރޮމޯޝަނެއް ފަށައިފި

Feb 28, 2021
1

ވިލާ ހަކަތައިގެ އަހަރީ ދުވަސް ފާހަގަ ކުރަން ވިލާ ގޭހުގެ ކޮމްޕޮސިޓް ފުޅީގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވިލާ ގޭހުން ބުނީ މި ޕްރޮމޯޝަނާއެކު އަލަށް ރަޖިސްޓާވާ ގޭބިސީތަކަށް ފުޅީގެ އަގު ކަނޑާލުމަށް ފަހު 200ރ. އަށް ގޭސްފުޅި ލިބޭނެ ކަމަށެވެ. އަދި އަލަށް ރަޖިސްޓާވާ ފަރާތްތަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ލަކީ ޑްރޯ އިން އެއްވަނަ ނަސީބުވެރިޔަކަށް ހަތަރު މީހުނާއެކު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ދެރޭ ހޭދަކޮށްލުމުގެ ފުރުސަތު ދެ އެވެ. ދެވަނަ ނަސީބުވެރިޔަކަށް ދެ މީހުނާއެކީ ޕެރަޑައިސްގައި ދެރޭ ހުރެވެ އެވެ. ރިސޯޓުން ކެއުމާއި ޓްރާންސްފާ ހަމަޖައްސައި ދޭނެ އެވެ. އަދި ތިން ވަނަ ނަސީބުވެރިޔަކަށް އައިފޯން12 މެކްސް ޕްރޯއެއް ދެ އެވެ.

މީގެ އިތުރުން ގޭހުގެ ދަގަނޑު ފުޅި ގެންގުޅޭ މީހުން 200ރ. ދައްކައިގެން ގޭހާއެކު ފައިބަރު ފުޅިއަށް ފުޅި ބަދަލުކޮށްލުމުގެ ފުރުސަތު ވެސް ދީފައި ވެއެވެ.

މާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުނަށް ހާއްސަ މި ޕްރޮމޯޝަން ފެށީ މި މަހުގެ 26 ގައެވެ. ނިމޭނީ އަންނަ މަހުގެ 26 ގައެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ ލިމިޓެޓް އަދަދަކަށް ފުޅި ލިބޭ ގޮތަށެވެ. ފުޅި ހިލޭ ލިބޭނީ އަވަހަށް ރަޖިސްޓާ ކުރާ މީހުނަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ހޮޓްލައިން ނަމްބަރު 7725566 އިން ހިދުމަތް ދޭނެ އެވެ.

ވިލާ ގޭހުގެ ކޮމްޕޮސިޓް ސިލިންޑަރަކީ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ފުޅި ގޮވުން ފަދަ ހާދިސާތައް ނުހިނގާ ގޮތަށް ތައްޔާރުކޮށްފައިވާ ރައްކާތެރި ފުޅިއެކެވެ.