ޑރ. މުހައްމަދު އިޔާޒް

ޑރ. އިޔާޒު އަލުން ވަޒީފާއަށް ނިކުންނަވައިފި

Aug 8, 2022
1
ޑރ. މުހައްމަދު އިޔާޒު މިއަދު އަލުން ވަޒީފާއަށް ނިކުންނެވުމާ ގުޅިގެން އޭނާގެ އެކުވެރި ޝައިހް އަލީ ޒައިދު މަރުހަބާ ދަންނަވަނީ
0%
0%
0%

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަލުން ވަޒީފާ ހަމަޖައްސައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކުރުމާ ގުޅިގެން އޭނާއަށް ވަޒީފާ ހަމަޖައްސައިދީފި އެވެ.

އެމްއެންޔޫގެ ވަޒީފާއަށް އަލުން ނިކުންނެވުމަށް ޔުނިވަސިޓީން އެންގުމާ ގުޅިގެން ޑރ. އިޔާޒު މިއދު ވަނީ ވަޒީފާއަށް ނިކުންނަވާފަ އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާއެއްގައި މަގާމުގައި ހުންނަވަނިކޮށް ޑރ. އިޔާޒު އެ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު އެވެ.

ވަޒީފާ އިން ވަކިކުރި މައްސަލަ ޑރ. އިޔާޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން މިދިޔަ ޖޫން 20 ވަނަ ދުވަހު ނިންމާފައިވަނީ ޑރ. އިޔާޒު މަގާމުން ވަކިކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާ އިން ވަކިކުރި އިރު ހުރި ވަޒީފާއަށް އަނބުރާ އިއާދަކޮށް ކުރިން ލިބުނު މުސާރަ ވެސް ހަތް ދުވަސް ތެރޭ ހަމަޖައްސައިދިނުމަށް އަމުރުކޮށްފައިވެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޑރ. އިޔާޒު ވިދާޅުވީ އަލުން ވަޒީފާ ހަމަޖައްސައިދިން ނަމަވެސް ކުރިން ލިބުނު މުސާރަ އަދި ލިބިފައި ނުވާ ކަމަށެވެ. މުސާރައާއި ގުޅޭގޮތުން ސިޓީއެއް ފޮނުވާނެ ކަމަށް ޔުނިވަސިޓީން އަންގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން މިދިޔަ އަހަރުގެ މާޗް ހަތަރު ވަނަ ދުވަހު އޭނާ ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި އެވެ.

އިޔާޒަށް އިންޒާރުދީ ސަސްޕެންޑްކޮށް އަދި ފަހުން ވަޒީފާ އިން ވަކިކުރީ އޭނާ ކުރެއްވި ޓްވީޓްތަކާއި ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބުނު ކަމަށް ބުނެ އެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ގެންދެވީ އަބަދުވެސް ދޮގު ކުރައްވަމުންނެވެ.

އިޔާޒު ވަޒީފާއިން ވަކިކުރީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެއްވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފަ އެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށާއި އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އެމައްސަލައިގައި ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން ބަޔާންކޮށްދެއްވުމަށް ކަމުގައިވެސް އިޔާޒު ވިދާޅުވެފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ތަޅުދަޑި

އިއާޒްއެ ެެމިސަރުކާރުނިމޭކައް މާގިނަދުވަހެއް ނެތެވެ. ބޭފުޅާއަށް ވެސްޖީބައް އެޅެންއޮތް ގޮތަކައް އަޅާ. ހަދާންކޮއް ވޯޓާބެހޭގޮތުން ދީނޭކިޔާގެން މާމޮޅު ޓްވީޓްކުރައްވަން ހަދާނެކަމެއްނެތް. މިހާރު ކަލެޔެއް ބަލާގަންނަ މީހުންވަރައްމަދު. ނ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345