އެޗްއާރްސީއެމް

އެޗްއާރްސީއެމުން މިއަހަރު 361 މައްސަލަ ނިންމައިފި

Aug 8, 2022

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 361 މައްސަލަ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެޗްއާރްސީއެމް އިން އާންކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެޗްއާރްސީއެމްގެ ގާނޫނުގެ ދަށުން 340 މައްސަލަ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް 525 މައްސަލައެއް ބަލަމުން އަންނައިރު، ގާނޫނުގެ ދަށުން 314 މައްސަލަ ނިންމާފައިވެ އެވެ.

އެންޓި ޓޯޗާ ގާނޫނުގެ ދަށުން ތަހުގީގު ކުރެވުނު މައްސަލަތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 51 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ. އަދި 52 މައްސަލައެއް ބަލަމުންދާއިރު 35 މައްސަލައެއް ހިމެނެނީ ޑިއުޓީ ޕްރޮސެކިއުޝަންގަ އެވެ. ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތްއިރު 41 މައްސަލައެއް ނިންމާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޖުމްލަ ގޮތެއްގައި މި މުއްދަތުގެ ނިޔަލަށް 577 މައްސަލައެއް އެ ކޮމިޝަނުން އަންނަނީ ބަދަލުމުންނެވެ.

އެޗްއާރްސީއެމް އަކީ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ކޮމިޝަނެކެވެ. ނަމަވެސް އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެޗްއާރްސީއެމްއަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ގިނަ އެވެ.