ފަރަށް އެރި މުދާ އުފުލާ ބޯޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ
.ފަރަށް އަރާފައިވަނީ މާލެ އިން އައްޑޫއަށް ދަތުރުކުރަމުން ދިޔަ "ނިއުލައިން" ކިޔާ ބޯޓެކެވެ.
ލ. މާމެންދޫގެ އުތުރުފަރާތު ފަރަށް ބޯޓު އެރި ވަގުތު އޭގައި 16 މީހުން ތިބި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް އިން ބުނީ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންއަށް ލިބުނީ މެންދަމު 3:25 ހާއިރު ކަމަށެވެ.
ބޯޓުގައި ހުރި މުދާތައް މާމެންދުއަށް ބޭލުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 08:15 ހާއިރު އެވެ. މި މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ހުރިހާ ކޮމްޕޯނަންޓުތަކެއްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.
ބޯޓު ފުންކުރުމުގެ މަސައްކަތް ފެށުމަށް ސިފައިން ނިންމާފައިވަނީ ބޯޓުގައި ހުރި ހުރިހާ މުދަލެެއް ބޭލުމަށްފަހު އެވެ.