ދުނިޔެ

ގޮޓާބެޔަ ތައިލޭންޑަށް ވަޑައިގަންނަވާނެ: ތައިލޭންޑް

ލަންކާގައި އިގްތިސޯދީ ހާލަތު އާދަޔާ ޚިޔާފަށް ދަށްވުމާ ގުޅިގެން އާންމުންގެ ފަރާތުން ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރަށް ފިއްލަވަން ގައުމު ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެން ހުންނެވި ލަންކާގެ ކުރީގެ ރައީސް ގޮޓާބެޔަ ތައިލޭންޑަށް ވަޑައިގަންނަވާނެކަން އެ ގައުމުން ކަށަވަރު ކޮށްދީފި އެވެ.

ތައިލޭންޑްގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ތާނީ ސަންގްރާތު ވިދާޅުވި ގޮތުގައި ގޮޓާބެޔަ އެދިވަޑައިގަތީ ސިޔާސީ ގޮތުން ހިމާޔަަތަށް ނޫން މަށެވެ. އޭނާ އަދި ވިދާޅުވީ ގޮޓާބެޔަ ވަޑައިގަންނަވަނީ އަމިއްލަ ދަތުރެއްގައި ވަގުތީ ޒިޔާރަތެއް ގޮތުގައި ކަމަށެވެ.

ތާނީ ވިދާޅުވި ގޮތުގައި ގޮޓާބެޔަ އަކީ ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅުއްވާ އިއްޒަތްތެރި އެކެވެ. އެހެންކަމުން އޭނާއަށް ވިސާއާ ނުލައި 90 ދުވަހު ތައިލޭންޑްގައި މަޑުކުރެއްވޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އެނޫން މައުލޫމާތެއް ގޮޓާބެޔައާ ބެހޭ ގޮތުން ތައިލޭންޑްގެ ފޮރިން މިނިސްޓްރީއަށް ލިބިފައެއް ނުވެ އެވެ.

ތައިލޭންޑަށް ވަޑައިގަތުމަށް ގޮޓާބެޔަ އަށް ހުއްދަ ދިނުމަކީ ލަންކާ ސަރުކާރުން އިންކާރު ކުރާނެ ކަމެއްތޯ ސުވާލު ދެންނެވުމުން ތައިލޭންޑްގެ ފޮރިން މިނިސްޓަރު ޑޮން ޕްރަމަދިނައީ ވިދާޅުވީ މައްސަލައަކަށް ނުވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ލަންކާ ސަރުކާރުން ވެސް އިންކާރު ނުކުރާ ކަމަށެވެ.

ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި ލަންކާ ސަރުކާރުގައި މިހާރުވެސް ގިނައީ ގޮޓާބެޔަގެ ގާތް އެކުވެރިންނެވެ. އެހެންކަމުން ލަންކާ ސަރުކާރުން ގޮޓާބެޔަގެ ދަތުރަށް އިންކާރުކޮށް ދެކޮޅު ނުހަދާނެ ކަމަށެވެ.

ތައިލޭންޑްގައި ދިރިއުޅޭ ލަންކާ މީހުންގެ ފަރާތުން ތައިލޭންޑް ސަރުކާރަށް ޕްރެޝަރު ނުކުރާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ގޮޓާބެޔަގެ ދަތުރަކީ ހޫނުގަދަ މާހައުލަކުން އުދާސް މަޑުވަންދެން ފިނިތަނެއްގައި މަޑުކޮށްލައްވާ މަޑުކޮށްލެއްވުމެއް ކަމަށެވެ.

ލަންކާ އޮފިޝަލުން ބުނާ ގޮތުން ލަންކާގެ މަސްރަހު ހަހަމައަކަށް އެޅުމުން ގޮޓާބެޔަ ގައުމަށް އެނބުރި ވަޑައިގަންނަވާނެ އެވެ. އެކަމަކު ގޮޓާބެޔަ ވަޑައިގަންނަވާނެ ތާރީޚެއް އޮފިޝަލުން ވިދާޅެއް ނުވެ އެވެ.