ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީންގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

Jan 9, 2016
2
ތައިލެންޑްގެ ދަތުރުފުޅަށްފަހު ރައީސް އަބްދުﷲ ޔާމީން މިރޭ މާލެ ވަޑައިގެން އެއާޕޯޓްގައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސްގެ ދެކަނބަލުން ތައިލެންޑަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ. ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ ރައީސްގެ ދެކަނބަލުން ތައިލެންޑަށް ފެއްޓެވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑު ވަޒީރާއި ރަސްގެފާނުގެ އެޑްވައިޒަރާ އެކު ވަނީ މަޝްވަރާތައް ބާއްވަވައިފަ އެވެ.

އެގޮތުން ތައިލެންޑްގެ ވިސާ ދިވެހިންނަށް ފަސޭހަކޮށް ދިނުމަށް އެއްބަސްވުންތަކެއް ގާއިމް ކުރުމަށް މަޝްވަރާ ކުރެއްވި އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުންވެސް އެއްގައުމު އަނެއް ގައުމަށް ފޯރުކޮށްދެވިދާނެ އެހީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރައީސް ތައިލެންޑަށް ކުރެއްވި ދަތުރުފުޅެވެ.

މީގެ އިތުރުން ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވެސް ވަޑައިގެންނެވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޓޭބަލްސް

ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މާލެ ވަޑައިގަތުމުން އިޓް ގިވްސް އަސް އަ ޖޯއިފުލް ފީލިންގް.. ރައީސް މާލެ ވަޑައިގަތުމަށް ފަހު މިއަހަރުގެ ޓައިމް ޓޭބަލް ގައި ހިމެނޭ އެންމެ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭ ހުޅުލެ އެއާރޕޯރޓް ތަރައްގީ ކުރުމާއި އަދި ހުޅުމާލެ 1 އަދި ހުޅުމާލެ 2 ތަރައްގީ ކުރުމާއި އަދި އޭގެ އިތުރުން ސަރުކާރުގެ ކުންފުނި ތައް މުއްސަނދިވާ ގޮތަށް ސަރުކާރުގެ މަސައްކަތް ސަރުކާރުގެ ކުންފުނި ތަކަށް ލިބޭނެ ގޮތް ހެދުމާއި އަދި މާލެ ސަރަހައްދުން ގޯތި ގެދޮރު ބޭނުންވާ މީޙުންނަށް ބޯހިޔާ ވައްސެއް ލިބޭނެ މަގު ފަހި ކޮށްދިނުމާއި އަދި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީސް ތައް ހުޅުމާލެ 2 އަށް ބަދަލު ކުރުމާއި އަދި އިސްކަންދަރު ސްކޫލްގެ އެކްސްޓެންޝަން އިމާރާތެއް 20 ބުރިއަށް ސަލްޓަން ޕާރކް ތެރޭގައި އެޅުމާއި މިފަދަ ކަންކަން އެބަޖެހޭ ބާރަށް ކުރިއަށް ގެންދަން އަވަހަށް ފަށަން. މިކަން ކަން ކޮށްގެން މެނުވީ މިރާއްޖެ ތަރައްގީ ގެ މަގުގައި ކުރިއަރައިގެން ނުދާނެއެވެ. ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އެބަޖެހޭ ޗާރޖްވާން 24 ގަޑިއިރު ދެން މިއަހަރު ނިމެންދެން.

ގުޑް

ރައީސް ގެ ދެކަނބަލުން މާލެ ވަަޑައިގަތުމަށް ފަހު އަވަހަށް ބައްލަވަންވީ މާލެ ސަރަހައްދުގައި ހުޅުމާލެ އާއި އަދި މާލެ ވިލިގިލީގައި މިއަހަރު މަދުވެގެން 30 ހާސް ހައުސިންގް ޔުނިޓްސް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ގޮތެއް ވޭތޯ ބެލުމަށް ޓަކައި ޗައިނާ އާއި އަދި ޖަޕާން އާއި އަދި ސައުދީ އެރެބިޔާ އާއި އަދި ތައިލެންޑް ގެ ބޭންކް ތަކުން ލޯން ނަގައިގެން ނަމަވެސް މިކަން ކުރެވޭތޯއެވެ. މިކަން ކުރެވިއްޖެނަމަ މިރާއްޖޭގައި މިހާރު މާލޭގެ ހަނި ގޯޅި ތަކަށް މީސް މީހުންގެ ދަރިން މަރާލާފައި ރޭގަނޑު އެއްލާލާކަށް ނުޖެހޭނެއެވެ. މިކަން މިމަގުން ކުރެވޭތޯ ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކޮށްދޭން އެބަޖެހެއެވެ. މިރާއްޖޭގައި ބޮޑެތި ކެޕިޓަލް ކްރައިމް އިތުރު ވުމުގައި މާލޭގައި ގޯތި ގެދޮރު ނެތި ބޮޑު އަގުގައި ކުއްޔަށް އުޅެން ޖެހުން މީ މީގެ އަސްލު މައްސަލަ އަކީ. މިކަމަށް ހައްލު ގެނެވޭނީ މާލެ ސަރަހައްދުގައި މަދުވެގެން އަހަރަކު 30 ހާސް ހައުސިންގް ޔުނިޓްސް ސަރުކާރުން ތަރައްގީ ކުރުމަށް ފަހު ލުއި ގޮތަކަށް ކުޑަ އަގެއްގައި އެފަދަ ހައުސިންގް ޔުނިޓްސް ބޭނުންވާ ދިވެހި ރައްޔިތުންނަށް ކުޑަ ކުއްޔަކަށް ދޫކޮށްލުމުންނެވެ. މައްސަލަ އެއް ނެެތެއް ނޫންތޯ 100 އަހަރު ދުވަސް ވަން ދެން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 4 ކޮޓަރީގެ އެޕާރޓްމަންޓް ތައް ކުއްޔަށް ދޫކުރިއަސް ދިވެހި ރައްތޔިތުންނަށް 100 އަހަރު ދުވަސް ފަހުން މިލްކް ވާ ގޮތަށް ހަދައިގެން ނަމަވެސް..

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910