ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިހާރު ކުރިށްގެންދާ މެރިން އެކްސްޕޯ 2022 ގައި ހުރިހާ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ ޝެލް ބްރޭންޑްގެ އާރް4 އެކްސް15ޑަބްލިއު-40 މަލްޓި ގްރޭޑް 20 ލީޓަރުގެ ޓައްޕު ދައްކާލައިފި އެެވެ.
މިރޭގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ވިލާ ހަކަތައިން ބައިވެރިވަނީ އޮފިސަލް އިންޖީނު އޮއިލް ޕާޓްނަރުގެ ހައިސިއްޔަތުންނެވެ. އެބްރޭންޑްގެ އުފެއްދުންތައް ވަރަށް ބޮޑަށް މި އެކްސްޕޯގެ ވިލާ ހަކަތަ ސްޓޯލްގައި ދައްކައި، މައުލޫމާތު ދޭނެ އެވެ.
ޝެލް ބްރޭންޑަކީ ދުނިޔޭގެ އިތުބާރާއި މަގުބޫލުކަން ހޯދައިފައިވާ އަޑީ ތެޔޮ ބްރޭންޑެކެވެ. މިގޮތުން ވިދިވިދިގެން ފާއިތުވި 15 އަހަރު ދުނިޔޭގެ އެންމެ މަގުބޫލު އަޑީ ތެޔޮ ބްރޭންޑްގެ ލަގަބު ހޯދައިފައި ވަނީ ޝެލް އެވެ. ވިލާ ހަކަތައަކީ މި ބްރޭންޑްގެ ރާއްޖޭގެ މާކެޓާއި ގުޅޭ ހުރިހާ މުހިންމު އަޑީތެލުގެ ބާވަތްތައް ގެންނަ ހަމައެކަނި ކުންފުންޏެވެ.
ވިލާ ހަކަތައިގެ އޮފިޝަލަކު ވިދާޅުވީ، ޝެލް ބްރޭންޑްގެ ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40 އަކީ ކަނޑު އުޅަނދު ފަހަރުތަކާއި، ޕަވާ އިންޖީނިއަރިން އަށް ހާއްސަށް އަޑީ ތެލެއް ކަމަށެވެ.
މިއަޑީ ތެލުގެ ސަބަބުން އިންޖީނުގެ މެއިންޓެނަންސްއަށް ކުރާ ހަރަދު ކުޑަވެ، އިންޖީނު ތެރޭގައި އުފެދޭ އެސިޑް އަދި ދަބަރު ކޮންޓްރޯލްކޮށްދީ، އިންޖީނުގެ މުހިއްމު ބައިތައް ގިނަ ވަގުތު ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިންޖީނުގެ އުމުރު ދިގުކޮށްދެ އެވެ.
މި އަޑީ ތެލަކީ ކަނޑު އުޅަނދު ފަހަރުތަކަށް ހާއްސަ އަޑީ ތެލެއް ނަމަވެސް، ޕަވާ ޖެނެރޭޝަން ނުވަތަ ހަކަތަ އުފެއްދުމަށް ބޭނުންކުރާ އިންޖީނުތަކަށް ވެސް މި އަޑީ ތެޔޮ ބޭނުން ކުރެވޭނެކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މީގެ ކުރިން މި ވައްތަރު ވިއްކަމުން ގޮސްފައި ވަނީ 209 ލީޓަރު ފީފާ އާއި ހަތަރުލީޓަރުގެ ހަމުގަ އެވެ. ނަމަވެސް މިހާރު މި ޕްރޮޑަކްޓްގެ 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން މިވަނީ ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ.
"ކުރިން ވިއްކަމުން ދިޔައީ ފީފާ އިންނާއި ހަތަރު ލީޓަރުގެ ހަމުގައި. ދެން މަދުން ބޭނުންވާ މީހުންނަށް ކިރައިގެން ވިއްކަމުން ދިޔައީ، މިހާރު އަޅުގަނޑުމެން ކިރައިގެން ވިއްކުމަށް ނިމުމެއް މި ގެނައީ. ބޭނުންވަނީ އޮރިޖިނަލް ޕެކިންގައި މާކެޓަށް ޑިސްޓިބިއުޓު ކުރަން. މިހާރު 20 ލީޓަރުގެ ޕެކިންގައި ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރިމުއުލާ އާރް4 އެކްސް 15ޑަބްލިއު-40ގެ 209 ލީޓަރުގެ ފީފާގެ އިތުރުން 4 ލީޓަރުގެ ހަމާއި، 20 ލީޓަރު ޓައްޕު ވިލާ ހަކަތައިން ލިބޭނެ އެވެ.