ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީ ޒުވާނުންގެ އަދަދު އިތުރުވެއްޖެ

Aug 13, 2022
1

ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގައި ދިވެހިންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިމައުލޫމާތު ހާމަކުރީ އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ނެޝެނަލް ބިއުރޯ އޮފް ސްޓެޓިކްސްޓިކްސްގެ ފަރާތުންނެވެ.

ތަފާސްހިސާބަށް ބަލާއިރު މިއަހަރު ނިމޭއިރު ރާއްޖޭގައި 579،330 މީހުން ދިރިއުޅޭ އެވެ.

ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ އިންސައްތަ އަކީ 47 އިންސައްތަ އެވެ. ބިދޭސީ ޒުވާނުންގެ އިންސައްތަ އަކީ 53 އިންސައްތަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީ ކަމުގައި ބަލާ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު އުމުރުފުރާގައި 258،923 މީހުން ރާއްޖޭގައި ދިރިއުޅެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައިވެސް ގިނައީ ޒުވާނުންނެވެ. ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތް ކުރަނީ އިމާރާތް ކުރުމުގެ ދާއިރާގަ އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ބައިލައްކައަށް ވުރެ މަދު ނުވާނެ ކަމަށް ބައެއް އިދާރާތަކުން ލަފާކުރެ އެވެ. އެ މައްސަލަ ހައްލުކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް މާބޮޑު ނަތީޖާއެއް ނުފެނެ އެވެ.