ރަޝިއާ އާއި ޔުކްރޭން މަޝްވަރާއަށް އެއްމޭޒު ދޮށަށް ޖަމާވާން ވަގުތު ކުޑަަތަން ވެއްޖެ ކަމަށް ޗައިނާ އިން ބުނެފި އެވެ.
އެ ނޫން ގޮތެއްގައި ހަނގުރާމަ މާބޮޑަށް ދިގުލައި އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ގައުމަށާއި އާންމުންނަށް ލިބިދާނެ ކަމަށް ވެސް ޗައިނާ ވަނީ ބުނެފަ އެވެ.
ޔުކްރޭންގެ އުމްރާނީ ތަރައްގީ ސުންނާފަތި ވަމުން ދާއިރު ހަނގުރާމައިގެ މަލަމަތި މިހާރު ނުރައްކާވަމުންދާ ކަމަށްވެސް ޗައިނާ ބުނެ އެވެ.
ނިއުކްލިއާ ޕަވާ ޕްލާންޓްތަކުގައި ހަމަލާ ބަދަލުކޮށް އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމު އަޅުވައި ތުހުމަތު ކުރުމަކުން ހަނގުރާމަ ފިނިނުވާނެ ކަމަށް ވެސް ޗައިނާ ބުނެ އެވެ.
އދ. ގައި ހުންނަވާ ޗައިނާ އެމްބެސެޑަރު ޖާންގް ޖުން ސަލާމަތީ މަޖިލީހާ މުޚާތަބު ކުރައްވައި ވިދާޅުވި ގޮތުގައި އެއްބަޔަކު އަނެއް ބައެއްގެ ސަލާމާތާ ރައްކާތެރި ކަމަށް އިހުތިރާމް ކުރަން ޖެހެ އެވެ.
ޖާން ޖުން ވިދާޅުވި ގޮތުގައި ހަނގުރާމަ ދިގުލައިގެން ދިއަ ވަރަކަށް ދެ ގައުމުގެ ދެމެދުގައި ނުތަނަސްކަން އިތުރުވާނެ އެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ދުޝްމަނުން ގޮތުގައި ދެކެގެން އަވައްޓެރި ދެ ގައުމަށް ދެމެެހެއްޓެނިވި ކުރިއެރުމެއް ނުލިބޭނެ އެވެ.
ޔުކްރޭންގެ ޒަޕޮރިއްޒިއާ ނިއުކްލިއާ ޕަވާ ޕްލާންޓްގައި ބަދަލުކުރެވޭ ހަމަލާތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމެއްގެ ސަބަބުން މު ދުނިޔެއަށް ނުރައްކާ ވެގެން ނުވާނެ ކަމަށެވެ.
ނިއުކްލިއާ ޕްލާންޓްގައި ހަމަލާ ބަދަލުކުރުމަކީ އެއްވެސް ގޮތަކުން ދާއީތުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޒަޕޮރިއްޒިއާ ނިއުކްލިއާ ޕްލާންޓްގެ ކޮންޓްރޯލް މިހާރު އޮތީ ރަޝިއާ އަތުގަ އެވެ. ޔުކްރޭނުން އެތައް އަނބުރާ އަތުލުމަށް ކުރާ މަސައްކަތްތަކުގައި ހަތިޔާރު ބޭނުންކުރާ ހިސާބަށްދެ އެވެ.
އެހެން ނަމަވެސް ޔުކްރޭނުން ބުނަނީ ހަމަލާދެނީ ރަޝިއާ ކަމަށެވެ. ރަޝިއާ ބުނަނީ ޔުކްރޭން ކަމަށެވެ.