ދައުލަތުގެ ބަޖެޓް

ބަޖެޓުން 21 ބިލިއަން ރުފިޔާގެ ހޭދައެއް

Aug 15, 2022

މި އަހަރު ހަރަދު ކުރުމަށް ފާސްކޮށްދީފައިވާ ބަޖެޓުން މިހާތަނަށް 21 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ބަޖެޓުން ސަރުކާރު ހިންގުމަށް ޓޯޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 21 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި ހަރަދުގެ ތެރެއިން މުސާރައަށް ހަ ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމުގެ ހަރަދުގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ.

މީގެ އިތުރުން ކެޕިޓަލް ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިންފްރާސްޓްރަކްޗާ އެސެޓަށެވެ. މި ބަޔަކަށް 2.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރަށް ފާސްކުރީ 37 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އަދި މި ބަޖެޓުގައި އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24 ބިލިއަން ރުފިޔާ އެވެ.