ދައުލަތުގެ ބަޖެޓް

37ބިލިއަން ބަޖެޓުން 24 ބިލިއަން ހޭދަކޮށްފި

Aug 29, 2022

މި އަހަރު ހަރަދުކުރަން މަޖިލީހުން ފާސްކުރި 37 ބިލިއަން ރުފިޔާގެ ބަޖެޓުން 24 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ބަޖެޓުގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރު ޖުމްލަ ބަޖެޓުން 24 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މި އަހަރު މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 22 ބިލިއަން ރުފިޔާ އެވެ.

މި އަހަރު އެންމެ ގިނައިން ބަޖެޓުން ހޭދަވެފައިވަނީ ރިކަރަންޓް ހަރަދުތަކަށެވެ.

ރިކަރަންޓް އެކްސްޕެންޑިޗާގެ ގޮތުގައި 16 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން މުސާރަ އާއި ވޭޖަސް އަށް 6.4 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި އެޑްމިން ހަރަދުތަކަށް ނުވަ ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުން ކެޕިޓަލް ހަރަދުގެ ގޮތުގައި މިހާތަނަށް 5.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ކެޕިޓަލް އިކުއިޕްމަންޓް ހަރަދުގެ ގޮތުގައި 228 މިލިއަން ރުފިޔާ، ލޭންޑް އަދި ބިލްޑިންގަށް 948.7 މިލިއަން ރުފިޔާގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓަށް 2.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.