ދައުލަތުގެ ބަޖެޓް

ބަޖެޓުން ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގައި ބަޖެޓު ހުށަހަޅަނީ -- އަވަސް ފޮޓޯ
0%
0%
0%

މި އަހަރު ހަރަދު ކުރުމަށް ފާސްކުރި ބަޖެޓުން މި އަހަރުގެ މިހާތަނަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 23 ގެ ނިޔަލަށް ބަޖެޓުން 3,085.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި ހަރަދުގެ ތެރެއިން ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެޑްމިނިޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

މިހާތަނަށް ކެޕިޓަލް އެކްސްޕެންޑިޗާއަށް 699.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކެޕިޓަލް ހަރަދުގެ ތެރެއިން ތަކެތި ގަންނަން 8.6 މިލިއަން ރުފިޔާ އަދި ބިންތަކާއި އިމާރާތްތަކަށް 233.4 މިލިއަން ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓުގެ ގޮތުގައި 295.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި އަހަރު ހަރަދު ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްދީފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓުން 34.10 ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910