މާސް

ކުރިއަށް އޮތް 10 އަހަރު ތެރޭގައި މާސްގައި އިންސާނުން ހިނގާނެ

ނާސާއިން މާސްއަށް ފޮނުވި އުޅަނދު ކިޔުރިއޮސިޓީ މާސްގެ ބިމުން ސާމްޕަލް ނަގަން ތޮރުފާފައި
0%
0%
100%

އިންސާނުން މާސްއަށް ފޮނުވަން މިހާރު ކުރެވެމުންދާ މަސައްކަތްތައް ހުރީ ހެޔޮ މިސްރާބަަކަށް ކަމަށް ނާސާއަށް ޖައްވީ ހެދުން ފަހައިދޭ -- އެސްޓްރޮނޯޓުންނަށް ހެދުން ފަހައިދޭ -- މީހާ ބުނެފި އެވެ.

އާޖެންޓިނާއަށް އުފަން ޕަބްލޯ ވެލެއޮން ބުނި ގޮތުގައި މާސްގައި އިންސާނުން ހިނގަން އޮތް ދުވަސް ފެންނަ ކަހަލަ އެވެ. އޭނާ ބުނީ އުންމީދަކީ ކުރިއަށް އޮތް 10 ތެރޭގައި މާސްގައި އިންސާނުންނަށް ހިނގޭވަރު ކުރުން ކަމަށެވެ.

ޕަބްލޯ ވެލެއޮން އަކީ ވަރަށް ކުޑައިރުން ފެށިގެން ނާސާގައި މަސައްކަތް ކުރާ ހިތުން އުޅުނު މީހެކެވެ. އޭނާ އަކީ މިހާރު ނާސާގެ ފަހާ މީހާ އެވެ.

ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޖައްވީ ހެނދުންތައް މިހާރު ޑިޒައިން ކުރެވެނީ ނަސާގައި ހިނގާބިނގާވެ އުޅެވޭ ގޮތަށް ކަމަށެވެ.

ޕަބްލޯ ބުނި ގޮތުގައި ތަސައްވުރު ކުރެވެނީ ޕްރައިވެޓް ދަތުރުތައް މާސްއަށް ފެށިފައި އޮތް ޒަމާނެކެވެ. ނާސާ އޮތީ އެ އުންމީދު ހާސިލުކުރާ ގޮތަށް ކަމަށް އޭނާ ބުންޏެވެ. އަދި އުންމީދު ހާސިލުކުރަން 10 އަހަރު ވެސް ނުނަގާނެ ކަމަށް އޭނާ ބުންޏެވެ.

އިންސާނުން މާސްއަށް ފޮނުވުމަށް އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކް ވެސް ވަނީ ފައި ނަންގަވާފަ އެވެ. އޭނާގެ ސްޕޭސްއެކްސް ކުންފުނިން ޖައްވަށް ރޮކެޓް ފޮނުވަން ފެށީވެސް މާސްއަށް ދަތުރުކުރުން ވިސްނުމުގައި ބާއްވައިގެންނެވެ.

މާސްއަށް ގޮސް އައިސްވުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވިފައި އޮތަސް، ބިމުން ފުރައިގެން މާސްއަށް ގޮސް މާސްއިން އެނބުރި ބިމަށް އާދެވޭނެ ގޮތެއް އަދި ސައިންސް ތަޖުރިބާކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345