މާސް

މާސްގައި ހެލިކޮޕްޓަރު ދުއްވުން ނާސާއިން ފަސްކޮށްފި

ނާސާގެ އިންޖިނުއިޓީ ހެލިކޮޕްޓަރު މާސްގައި: ފުރަތަމަ ދަތުރު އޭޕްރީލް މިހާރު ވަނީ ފަސްކޮށްފައި
0%
0%
0%

ނާސާއިން މާސްއަށް ފޮނުވި ކުޑަކުޑަ ހެލިކޮޕްޓަރު، "އިންޖެނުއިޓީ" އަދި ވެސް އޮތީ، މައި އުޅަނދު "ޕާސިވިއަރެންސް" ގެ ބަނޑުދަށުގަ އެވެ. އެ ހެލިކޮޕްޓަރު އުދުއްސަން މީގެ ކުރިން ހަމަޖައްސާފައި އޮތީ އޭޕްރީލް އަށްވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީން މިހާރު ބުނަނީ އޭޕްރީލް 11 އިގެ ކުރިން ހެލިކޮޕްޓަރު މާސްގައި އުދުއްސެން ނެތް ކަމަށެވެ.

ދުނިޔެ ފިޔަވައި އިރުގެ ނިޒާމުގައި ހިމެނޭ އެހެން އެއްވެސް ޕްލަނެޓެއްގައި ހެލިކޮޕްޓަރެއް އަދި އުދުއްސާފައި ނުވެ އެވެ. މިއީ މިޒާތަށް ނިޒާމުން ބޭރު ސަރަހައްދެއްގައި ހެލިކޮޕްޓަރެއް އުދުއްސަން އިންސާނުން މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރެވެ.

މާސްއަށް އިންޖިނުއިޓީ ފޮނުވުމުގެ ކުރިން ގިނަ ޓެސްޓްތަކެއް ފުރިހަމަ ކޮށްފައިވެ އެވެ. ދުނިޔޭގެ ވައިގެ ފަށަލާގައި ހެލިކޮޕްޓަރު އުދުހޭ ގޮތަށް މާސްގައި އުދުއްސުން ބޮޑު ތަކުލީފަކަށް ވާނެ އެވެ. ނާސާގެ ސައިންސްވެރިން މިކަން ދަނެ އެވެ.

އިންޖިނުއިޓީއަށް މާސްގައި ކިތަންމެ ކުޑަ ތަންކޮޅަކަށް އުދުހިފައި ދެވުނު ނަމަވެސް އެވަރުން ފުދޭނެ އެވެ. އަދި އެއީ ބޮޑު ކާމިޔާބީއެކެވެ. ނަސާއިން ކުރިއަށް ރާވާފައި ހުރި ޕްރޮޖެކްޓްތަކުގައި އިންޖިނުއިޓީން ލިބޭ ތަޖުރިބާގެ ބޭނުން ހިފާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345