މާސް

މާސްއިން ސާމްޕަލް ގެންނަން ނާސާ މަސައްކަތް ކުރަނީ

ޗައިނާއިން ހަނދުން ސާމްޕަލް - ވެއްޔާއި ގަލާއި ހިރަފުސް ބިމަށް ގެނެސްފި އެވެ. ޗައިނާއިން މި ދަތުރުކުރި ގޮތް ވަރަށް ތަފުސީލުކޮށް އިންޓަނެޓްގައި އެހެރީ ކިޔައިދީފަ އެެވެ. އެއިން ކޮންމެވެސް އެއްޗެއް އެމެރިކާއަށް ވެސް ވިސްނޭނެ އެވެ. އަދި ނާސާއިން ރާވައި ހިންގާ ޕްރޮގްރާމްތަކަށް ވެސް ފަސޭހައަކަށް ވެސް ވާނެ އެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ބުނާ ގޮތުގައި، މާސްއިން ސާމްޕަލް ގެނެވިއްޖެ ނަމަ ޖައްވީ ރޭސް ކާމިޔާބުވީ އެެެވެ. ރަޝިއާ އާއި އެމެރިކާ ކުރި ފިނި ހަނގުރާމައިގައި، ފުރަތަމަ ހަނދަށް ދިޔަ ކަމަށް ވެސް ބުނަނީ އެމެރިކާ އެވެ. އެހެން ކަމުން، މާސްއިން ސާމްޕަލް ގެނެވިއްޖެ ނަމަ އެމެރިކާއަށް ކުރި ލިބުނީ އެވެ.

މާސް އަށް ދަތުރު ކުރަމުންދާ އުޅަނދު "ޕާސިވިއަރެންސް" އަންނަ ފެބްރުއަރީގައި މާސް އަށް ޖައްސާނެ އެވެ. އެތަނުގައި މިހާރު ވެސް "ކިޔުރިއޮސިޓީ" އެބަަ އޮތެވެ. މިއީ ވެސް ނާސާއިން މާސްއަށް ފޮނުވާފައިވާ ތަހުލީލީ އުޅަނދެކެވެ.

ކިޔުރިއޮސިޓީން ވަނީ މާސްގެ ބިން އޮތް ގޮތް ދައްކައިދިނުމަށް ފޮޓޯއާ ވީޑިއޯ ބިމަށް ފޮނުވާވަ އެވެ. މާސްގެ ބިން ތޮރުފައި ސާމްޕަލް ނަގައި ތަހުލީލުކޮށް ނަތީޖާ ބިމަށް ފޮނުވާފަ އެވެ. ކިޔުރިއޮސިޓީ ކުރާ މަސައްކަތުގެ އިތުރުން ޕާސިވިއަރެންސް އަށް ފެންނަ އެއްޗެއް ވެސް ބިމަށް ފޮނުވާނެ އެވެ. ޕާސިވިއަރެންސް ގެންދިއަ ހެލިކޮޕްޓަރުން ވެސް ބިމަށް ނަކަލު ކުރާނެ އެވެ. އެހެން ނަމަވެސް، ނާސާއިން މިހާރު ގަބޫލު ކުރަނީ އަސްލު ސާމްޕަލް ބިމަށް ގެނެސްގެން ނޫން ގޮތަކަށް މާސްއާ ބެހޭ ތަފުސީލީ ވާހަކައެއް ކިޔައިދެވެން ނެތް ކަމަށެވެ.

މާސްގެ ބިމުން ސާމްޕަލް ބިމަށް ގެނައުމަށްޓަކައި، ޗައިނާއިން ހަނދުން ސާމްޕަލް ގެނައި ގޮތަށް ބަލައިލަންޖެހެ އެވެ.

ބިމުން މާސްއަށް ފޮނުވާ މައި އުޅަނދު އެނބުރި ދުނިޔެއަކަށް ނާންނާނެ އެވެ. އެހެންކަމުން މާސްއަށް ފޮނުވާ މައި އުޅަނދު ވާން ޖެހޭނީ ބިމަށް ސާމްޕަލް ގެނައުމަށް ބޭނުވާ މޮޑިއުލްތައް / އުޅަނދުތައް އުފުލޭ ވަރުގެ އުޅަނދަކަށެވެ.

މައި އުޅަނދު ބިމުން ފުރާނީ ހަތަރު ކޮމްޕޯނެންޓެއް – ހަތަރު މޮޑިއުލްއަކާ އެކު އެވެ.

  • މައި އުޅަނދު، - މާސްއަށް ދިއުމަށް
  • ސާމްޕަލް ނަގަން ބޭނުންވާ ތަނަކަށް ގޮސް ސާމްޕަލް ނެގޭ ވަރުގެ ކުޑަ އުޅަނދެއް
  • ސާމްޕަލް ހިފައިގެން މާސްގެ ބިމުން އުފުލި، މާސް ވަށައިގެން ބުރުއަޅައަޅާ އޮންނަ އުޅަނދެއްގައި ތަތްކޮށްލޭ ވަރުގެ އުޅަނދެއް
  • ހަތަރުވަނަ އުޅަނދު – ސާމްޕަލް ހިފައިގެން އެނބުރި ބިމަށް އައުމަށް

ޔޫރަޕިއަން ސްޕޭސް އޭޖެންސީއާ ގުޅިގެން ނާސާއިން މިހާރު މި މަސައްކަތް ފަށައިފި އެވެ. މައިގަނޑު ނަމަކީ "މާސް ސާމްޕަލް ރިޓާން" (އެމްއެސްއާރު) އެވެ. އުންމީދަކީ 2030 ގައި އަމަލީ ސިފަޖެއްސުމެވެ.