ޓެކްނޯލޮޖީ

ނާސާގެ އިންޖެނުއިޓީ ހެލިކޮޕްޓަރު މާސްގައި އުދުހިގެންފި

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްގައި ހެލިކޮޕްޓު، އިންޖެނުއިޓީ އުދުއްސައި ތާރީހު ޖަހައިފި އެވެ. މިއީ ދުނިޔެއިން ބޭރު ޕްލަނެޓެއްގައި އިންޖީނު އެޅި އުޅަނދެއް އުދުހިގަތް ފުރަތަމަ ފަހަރެވެ.

މާސްއަށް އިންޖެނުއިޓީ އުފުލާފައި ވަނީ މައި އުޅަނދު ޕާސިވިއަރެންސްގެ ބަނޑުދަށުގަ އެވެ. ހެލިކޮޕްޓަރު އުދުއްސަން ފުރަތަމަ ހަމަޖައްސާފައި އޮތީ މި އޭޕްރީލް އަށްވަނަ ދުވަހު އެވެ. އެހެން ނަމަވެސް ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީން ތާރީހު އޭޕްރީލް 11 އަށް ފަސްކޮށް ވަނީ އެއީ ބޮޑުޗދުވަހަކަށް ހަދާފަ އެވެ.

ނާސާއިން އާންމުކުރި ކުރު ވީޑިއޯކޮޅަކުން ފެންނަނީ ޕާސިވިއަރެންސް އުދުހި ފުންމައިގެން ދާތަނެވެ. މިއީ ދުނިޔެއަށް ވީޑިއޯ ސިގްނަލް ލިބުނު ގޮތުން މަންޒަރު ސިފަވި ގޮތެވެ. އުންމީދަކީ ނާސާއިން ސާފު ވީޑިއޯ ކްލިޕެއް އަދި އާންމު ކުރުމެވެ.

ޖެޓް ޕްރޮޕަލްޝަން ލެބޯޓަރީގައި އިންޖިނޭރަކު ބުނީ ހެލިކޮޕްޓަރު މާސްގެ ބިމުން އުދުހި އެރިކަން އުސްމިން ބަލާ މީޓަރުން ކަށަވަރު ކުރެވޭ ކަމަށެވެ. މިކަށް ބޮޑަށް ޔަގީން ކުރެވެނީ ހެލިކޮޕްޓަރުގެ ބަނޑުދަށު ކެމެރާއިން ބިމަށް ފޮނުވި ފޮޓޯއިންނެވެ. މި ފޮޓޯއިން ދައްކައިދެނީ ހެލިކޮޕްޓަރުގައ ހިޔަނި މާސްގެ ބިމަށް އެޅިފައި ހުންނަ މަންޒަރެވެ.

ދުނިޔެ ފިޔަވައި އިރުގެ ނިޒާމުގައި ހިމެނޭ އެހެން އެއްވެސް ޕްލެނެޓެއްގައި ހެލިކޮޕްޓަރެއް އަދި އުދުއްސާފައި ނުވެ އެވެ. މިއީ މިޒާތަށް ނިޒާމުން ބޭރު ސަރަހައްދެއްގައި ހެލިކޮޕްޓަރެއް އުދުއްސަން އިންސާނުން މަސައްކަތްކުރި ވެސް ފުރަތަމަ ފަހަރެވެ.

މާސްއަށް އިންޖިނުއިޓީ ފޮނުވުމުގެ ކުރިން ގިނަ ޓެސްޓްތަކެއް ފުރިހަމަ ކޮށްފައިވެ އެވެ. ދުނިޔޭގެ ވައިގެ ފަށަލާގައި ހެލިކޮޕްޓަރު އުދުހޭ ގޮތަށް މާސްގައި އުދުއްސުން ބޮޑު ތަކުލީފަކަށް ވާނެ އެވެ. ނާސާގެ ސައިންސްވެރިން މިކަން ދަނެ އެވެ.

އިންޖިނުއިޓީއަށް މާސްގައި ކިތަންމެ ކުޑަ ތަންކޮޅަކަށް އުދުހިފައި ދެވުނު ނަމަވެސް އެވަރުން ފުދޭނެ އެވެ. އަދި އެއީ ބޮޑު ކާމިޔާބީ އެކެވެ. ނަސާއިން ކުރިއަށް ރާވާފައި ހުރި ޕްރޮޖެކްޓްތަކުގައި އިންޖިނުއިޓީން ލިބޭ ތަޖުރިބާގެ ބޭނުން ހިފާނެ އެވެ.