ދުނިޔެ

އެމެރިކާ ހަނދަށް: އާޓަމިސް 1 ފުރުވާލެވޭ ގޮތެއް ނުވި

އާޓަމިސް 1 ޕްރޮގްރާމްގައި ހަނދު ވަށާ ބުރުޖަހަން ކެޕްސޫލްއެއް ފޮނުވަން ތައްޔާރުކޮށްފައި
0%
0%
0%

އިންސާނުން ޕްލެނެޓްތަކަށް ފޮނުވަން އެމެރިކާ ފަށައިގެން އުޅޭ އާޓަމިސް ޕްރޮގްރާމްގައި ވައިހިފާ ގޮތެއް އަދި ވެސް ނުވެ އެވެ.

އާޓަމިސް ޕްރޮގްރާމަކީ ދުރުރާސްތާ ޕްރޮގްރާމެކެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައި އޮތް މި ޕްރޮގްރާމްގައި ފުރަތަމަ ކަމަކަށް އޮތީ އިންސާނަކު ހަނދަށް ފޮނުވުމެވެ. މާސްއަށް ދިއުން އޮތީ އެއަށްފަހު އެވެ.

އިންސާނަކު ހަނދަށް ފޮނުވުމުގެ ކުރިން ހަނދާ ގުޅުން ހުރި މައުލޫމާތު އެއްކުރުމަށްޓަކައި ނާސާއިން "އޮރަޔަން" ނަމަކަށް ކިޔާ ކެޕްސޫލެއް ފޮނުވަން ކުރި މަސައްކަތް ދެބުރަށް ފޭލިވުމުން ދެން ހަދާނެ ގޮތް އޮތީ އަލުން ވިސްނަން ޖެހިފަ އެވެ.

އޮރަޔަން ގޮވައިގެން ބިމުން ފުރަން ތައްޔާރުކުރި ރޮކެޓަށް ދިމާވި ތެޔޮ -- ހައިޑްރޮޖަން ލީކުވުމުގެ މައްސަލަ އެކެވެ.

ޔޮރަޔަން އަލުން ޖައްވަން ފޮނުވޭނެ ދުވަހެއް ބުނެދޭކަށް ނާސާއަކަށް އަދި ނޭނގެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ތެޔޮ ލީކުވުމުގެ މައްސަލަ މުޅިން ހައްލު ނުކޮށް ފުރުވާލަން ހަދައިގެން އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ އެވެ.

އާޓަމިސް 1 ގައި ހަނދު ވަށާ ބުރުޖަހަން ފޮނުވާ އޮރަޔަން ކެޕްސޫލް 1.3 މިލިއަން މޭލަށް ދަތުރުކުރާނެ އެވެ. ހަނދާ ވަރަށް ކައިރިއަށް ގޮސް ހަނދު ވަށާ ބުރެއް ޖެހުމަށްފަހު ދުނިޔެއަށް މިސްރާބު ޖަހާނެ އެވެ.

އާޓަމިސް 1 ޕްރޮޖެކްޓަކީ އިންސާނުން ނުލައި ކުރާ ދަތުރެކެވެ. މި ދަތުރުގެ ބޭނުމަކީ އިންސާނުން ގޮވައިގެން ހަނދަށް ދަތުރުކުރާ އުޅަނދަކަށް ޖައްވުގެ ތެރެއިން ދިމާވެދާނެ ކޮންމެ ކަމެއް ކުރިއާލައި ދެނެގަތުމެވެ.

އޮރަޔަން ކެޕްސޫލް ހަނދު ވަށައި ބުރުޖަހާއިރު ހަނދުގެ ބިމަށް ނުފެންނަ ފަރާތަށް ފޯކަސްކޮށް ހަނދުގެ ބިމަށް ރަނގަޅަށް ބަލާނެ އެވެ. އަދި އިންސާނުން ގޮވައިގެން ހަނދަށް ފޮނުވާ އުޅަނދު ޖައްސަން ކަމުދާ ތަނެއް ފާހަގަކުރެވޭތޯ ބަލާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910