އެމްއޭސީއެލް

ފްލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ

Aug 16, 2022

މިއަދު ހެނދުނު ރާއްޖެ އައި ފްލައިޓަކުން މުދާ ބާލަނިކޮށް ކޮންޓެއިނަރެއް ވެއްޓި މީހަކު ޒަހަމްވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ ދުބާއީން ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ ބާލަނިކޮށެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއޭސީއެލް އިން އަވަސް އަށް ޔަގީންކޮށްދީފައިވެ އެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއާޕޯޓުގައި ހާދިސާ ހިނގާ މީހަކު ޒަހަމްވި ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

"އައިޖީއެމްއެޗްގައި މުވައްޒަފަށް ފަރުވާ ދެމުން އެބަދޭ. އެކަމަކު ލައިފް ތްރެޓަނިން ކަމަކަށް އަދި ނުބުނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރާނެ ކަމަށެވެ.