ޔޫތު މިނިސްޓްރީ

ހިޔާ ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި

Aug 16, 2022
ހިޔާ ސަރަހައްދުގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބިލިއާޑް ކުޅުއްވަނީ -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ހުޅުވައިފި އެވެ.

ޒުވާނުންގެ މަރުކަޒު ރޭ ހުޅުއްވައިދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. މިރަސްމިއްޔާތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުއާއި އެޗްޑީސީ އާއި ޔޫތު މިނިސްޓްރީގެ ވެރިންވެސް ބައިވެރިވި އެވެ.

ޒުވާނުންގެ މަރުކަޒު ގާއިމުކޮށްފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 10 ވަނަ ޓަވަރުގަ އެވެ.

ހިޔާ ސަރަހައްދުގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި ޔޫތު މިނިސްޓްރީގެ އިސްވެރިން ތާސް ކުޅުއްވަނީ -- ފޮޓޯ: އެޗްޑީސީ

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހުޅުވި ޒުވާނުންގެ މަރުކަޒަކީ ނައިބް ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ ސޯޝަލް ކައުންސިލާއި އެޗްޑީސީގެ ލަފައާއި އިރުޝާދުގެ ދަށުން ހުޅުވުނު ތަނެއް ކަމަށެވެ.

ހިޔާގައި ހުޅުވި ޒުވާނުންގެ މަރުކަޒުގައި ތަފާތު އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ބިލިއާޑް، ތާސް، ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅެވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345