ހުޅުމާލެ

ހުޅުމާލޭގައި ސްޓްރީޓް ކަލްޗާ ފެސްޓިވަލެއް ބާއްވަނީ

ސްޓްރީޓް ކަލްޗާ ފެސްޓިވަލްގެ ނަމުގައި ހުޅުމާލޭގައި ފެސްޓިވަލެއް ފަށަށް ތައްޔާރުވެއްޖެ އެވެ.

މި ފެސްޓިވަލް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގެ ބައިބަލާ ކުޅޭ ސަރަހައްދުގައި މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް ފްރީސްޓައިލް ފުޓްބޯލް އެސޯސިއޭޝަން އަދި ދިވެހީންގެ އިންވެސްޓްމަންޓް ކުންފުނިން އިންތިޒާމުކުރާ ފެސްޓިވަލެކެވެ.

މި ފެސްޓިވަލުގެ ތެރޭގައި ސްޓްރީޓް ކުޅިވަރުތައް، 3 އޮން 3، 1 އޮން 1 މުބާރާތަކާއި، ފްރީސްޓައިލް މުބާރާތެއް ކުރިއަށްދާނެ އެވެ.

ސްޓްރީޓް ސޮކާގެ ކުޅިވަރުތަކަކީ ރާއްޖޭގެ މާހައުލާއި ގުޅޭ، ރަށްފުށުގެ ސަގާފަތް ހިމެނޭ ކުޅިވަރުތަކެއްކަން ފާހަގަކޮށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ބުނީ މި ކުޅިވަރުތަކަކީ ރާއްޖޭގައި ގައުމީ ފެންވަރެއްގައި ކުޅެމުންދާ ކުޅިވަރަކަށްނުވާތީ މި ފެސްޓިވަލްގެ އަމާޒަކީ މިކުޅިވަރުތައް ދިރުވައި އާލާކޮށް، ދިވެހި ޒުވާނުން ބައިނަލްއަގުވާމީ ފެންވަރުގައި މިކުޅިވަރު ކުޅުން ކަމަށެވެ

މި ފެސްޓިވަލްގައި ލައިވް މިއުޒިކާއި، ސްޓްރީޓް ފުޑް އަދި ސްޓްރީޓް މާކެޓްވެސް ކުރިއަށްދާނެ އެވެ.