އެޗްޑީސީ

މޮނިއުމަންޓްގެ ބަދަލުގައި ގަސް އިންދަން ފަށައިފި

ރައުންޑްއެބައުޓްސްތަކުގައި ގަސް އިންދަން ފަށާފައި
0%
0%
0%

ހުޅުމާލޭގައި ހަދާފައިވާ ރައުންޑްއެބައުޓްސްތަކުގައި ކޮންކްރީޓް މޮނިއުމަންޓްތައް ބެހެއްޓުމުގެ ބަދަލުގައި އެ ތަންތަނުގައި ގަސް އިންދަން ފަށައިފި އެވެ.

ރައުންޑްއެބައުޓްސްތަކުގައި މޮނިއުމަންޓްތައް ބެހެއްޓުމަށް ނިންމީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ.

ރައުންޑްއެބައުޓްސްތަކުގައި ބަހައްޓާނެ މޮނިއުމެންޓްތައް ކަނޑައެޅުމަށްޓަކައި މިދިޔަ ސެޕްޓެމްބަރު މަހު މޮނިއުމަންޓް ޑިޒައިން ކުރަން މުބާރާތެއްވެސް ހުޅުވާލި އެވެ. އަދި އެއްވަނަ ދިޔަ މޮނިއުމަންޓްގެ ޑިޒައިން އޭރު އާންމުވެސް ކުރި އެވެ. އެކަމަކު އެއީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ޑިޒައިނެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި ފާޑުކިޔަން ފެށުމުން އެ މަސައްކަތް އޭރު އޮތީ މަޑުޖެހިފަ އެވެ.

އެޗްޑީސީގެ ތެރޭގައި ހިނގާދިޔަ ހިޔާނާތުގެ އެތައް މައްސަލައަކާ ގުޅިގެން ފަޒުލް މަގާމުން އިސްތިއުފާ ދެއްވުމާ އެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމާ އަލަށް ހަވާލުވެވަޑައިގެންނެވި މައުރޫފް ޖަމީލް ވަނީ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމަންޓް ބެހެއްޓުމަށް ނިންމި ނިންމުން ދިރާސާކުރެއްވުމަށްފަހު އެ ނިންމުން ބަދަލުކުރައްވާފަ އެވެ.

އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހްމަދު އިބްރާހިމް (ޕޮކްމޭން) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައުންޑްއެބައުޓްސްތަކުގައި މޮނިއުމެންޓް ބެހެއްޓުމަަށް ނިންމި ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން
އެއް ރައުންޑްއެބައުޓުގައި މިހާރު ގަސް އިންދާފައިވާތީ އެ ގަސް ރަނގަޅަށް ރޯވެ މާ އެޅުމުން އެ ތަނަށް އިތުރު ރީތި ކަމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ފަޒުލް ހުންނެވިއިރު ހުޅުމާލޭގެ 17 ސަރަހައްދެއްގައި މޮނިއުމެންޓް ބެހެއްޓުމަށް ނިންމާ، އެއްވަނައަށް ދާ ޑިޒައިނަށް އެއްލައްކަ ރުފިޔާ ދިނުމަށް އޮތީ ނިންމާފަ އެވެ. ނަމަވެސް އެ މަޝްރޫއު މަޑުޖައްސާލާފައިވާތީ އެ ފައިސާ ދޫކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345