އެޗްޑީސީ

ޖާހުއާ އެކު އެޗްޑީސީ އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި

ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަން ފަށާފައި ހުރި ދަ ގާޑަންސް އެޕާޓްމަންޓްތައް -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި "ދަ ގާޑަންސް"ގެ ނަމުގައި އެޕާޓްމަންޓްތަކެއް އަޅަން ހަވާލުކޮށްފައިވާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.

ޖާހުއަށް މި މަޝްރޫއު ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ.

އެޗްޑީސީ އިން ޖާހުއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައި މިވަނީ ދަ ގާޑަންސް މަޝްރޫއު ނިންމަން ތަފާތު އެކި ފަހަރު ފުރުސަތު ދިނުމުންވެސް މަސައްކަތް ނިންމާފައި ނުވާތީ އެވެ.

ޖާހުއަށް އެންމެ ފަހުގެ ނޯޓިސް އެޗްޑީސީ އިން ދީފައިވަނީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމަން އެ ދުވަހުވެސް 45 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިންމައިފިނަމަ ތަން އަތުލާނެ ކަމަށްވެސް އެޗްޑީސީ އިން އަންގާފައިވެ އެވެ.

އެޗްޑީސީ އިން ޖާހުއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށްފަހު ދަ ގާޑަންސްގެ އެޕާޓްމަންޓްތައް ހަވާލުކުރުމަށްވެސް މިއަދު ޖާހުއަށް އަންގާފައިވެ އެވެ.

އެއްބަސްވުން ބާތިލްކުރުމަށްފަހު މިމަޝްރޫއުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި ހިއްސާކުރަމުންދާނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

"މި ކޯޕަރޭޝަނުން މި އެޅި ފިޔަވަޅު އަޅާފައި މިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީއެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ،" އެޗްޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910