އަބްދުﷲ ޝާހިދު

ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް މިނިސްޓަރު ޝާހިދަށް

ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އެރުވުން --
0%
0%
0%

ގެބޯންގެ ސަރުކާރުން އަރުވާ އިއްޒަތް "ނޭޝަނަލް އޯޑާ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" އެ ގައުމުގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މިއަދު އަރުވައިފި އެވެ.

މިނިސްޓަރު ޝާހިދަށް މި އިއްޒަތް އެރުވީ މިއަދު ގެބޮންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރިންނަށް އަރުވާ މި އިއްޒަތް ތައާރަފު ކުރެވުނީ 1971 ވަނަ އަހަރު އެވެ. މިނިސްޓަރު ޝާހިދު މިވަގުތު ގެބޮންގައި ހުންނެވީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910