އެމްއެންޑީއެފް

ދޯންޏެއްގެ ބައެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

Aug 16, 2022

ގދ. ތިނަދޫ ބޭރުން މަސް ދޯންޏެއްގެ ބައެއް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މަސްދޯންޏެއްގެ ބައެއް އޮޔާދާކަމުގެ މައުލޫމާތު ލިބިފައި ވަނީ ގދ. ތިނަދޫއާ ދިމާ ބޭރުން ހުޅަނގަށް ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ އުޅަނދުތަކުން މިކަމަށް ސަމާލުކަން ވަނީ އެދިފައެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރު ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދިނުމަށް ވަނީ އެެދިފައެވެ.