ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލެ އާއި ހުޅުމާލެގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން އެއް ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާ، ވީއެންމެ އަވަހަކަށް އަލުން ހިދުމަތް ދޭން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އާއި ހުޅުމާލޭން ކަރަންޓު ދިޔަނަމަވެސް މިހާރު ބައެއް ސަރަހައްދު ތަކަށް ވަނީ ކަރަންޓު ދީފަ އެވެ. ނަމަވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި އަދި ވެސް ކަރަންޓެއް ނެތެވެ.
ސްޓެލްކޯ އިން ބުނީ މާލޭން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ހިދުމަތް ދޭން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު- ސިނަމާލެ ބްރިޖު- މެދުވެރިކޮށް 100 ކިލޯވޮޓްގެ ކަރަންޓުގެ ވިއުގައެއް އަޅާފައިވެ އެވެ.
މާލެ އާއި ހުޅުމާލެ އަށް ކަރަންޓު ފޯރުކޮށްދޭ ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތުގެ ދަށުން މި ހިދުމަ ތަކަށް ޒަމާނީ ބަދަލުތަ ކެއް ގެނެސް ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.