ރަޝިއާގައި އޮންނަ އަސްކަރީ ފަރިތަކުރުން ތަކެއްގައި ޗައިނާ ސިފައިން ބައިވެރިވާނެ އެވެ.
އިންޑިއާ އާއި މޮންގޯލިއާ، ތަޖިކިސްތާން ބެލަރޫސް، ޗައިނާ އަދި ރަޝިއާ ވެސް އަމަލީ ގޮތުން މި ފަރިތަކުރުންތައް -- ވޮސްތޮކް ގައި ބައިވެރިވާނެ އެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި ގައުމުތަކުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކީ ވޮސްތޮކް ފަރިތަކުރުންތަކުގައި ބައިވެރިވުމާ ގުޅުން ހުރި ކަމެއް ނޫނެވެ.
ޗައިނާ ބުނާ ގޮތުން ބައިނަލްއަގްވާމީ ގޮތުން ރަޝިއާއާ މެދު ވަކި ގޮތަކަށް ގަބޫލުކުރެވިފައި އޮތް ނަމަވެސް ޗައިނާ ސިފައިން އަސްކަރީ ފަރިތަކުރުން ތަކުގައި ބައިވެރިވާނެ އެވެ.
ވޮސްތޮކު އަސްކަރީ ކަސްރަތު މި އަހަރު ވެސް އޮންނާނެ ކަމަށް ބުނެ ރަޝިއާ އިއުލާންކުރީ ފާއިތުވި ޖުލައިގަ އެވެ.
އަސްކަރީ ފަރިތަކުރުން ތަކުގައި ބައިވެރިވާ ގައުމުތައް އެއިރު ހާމަނުކުރި ނަަމަވެސް، ފަރިތަކުރުންތައް އޮންނާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ. މި ހަރަކާތް އޮންނާ ކަމަށް ބުނެފައިވަނީ އޮގަސްޓް 30 އިން ސެޕްޓެމްބަރު ފަހަކަށެވެ.
ރަޝިއާ ބުނާ ގޮތުން ޔުކްރޭން ހަނގުރާމަ އެ ގޮތުގަައި އޮތް ނަަމަވެސް ވޮސްތޮކު ފަރިތަކުރުން ތަކަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. އަދި ކުރިން ރާވާފައި އޮތް ގޮތަށް ކަސްރަތު ހިނގައިދާނެ އެވެ.
ޗައިނާ ބުނާ ގޮތުން ރަޝިއާގައި ބާއްވާ އަސްކަރީ ފަރިތަކުތުން ތަކެއްގައި ޗައިނާ ބައިވެރިވުމަކީ ބަޔަކު ސިހޭނެ ކަމެއް ނޫނެވެ. ރަޗިއާ އާއެކު އޮތީ އެއަށް ވުރެ ބަދަހި ގުޅުމެއް ކަމަށް ޗައިނާ އޮންނާނީ ބުނެފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ވޮސްތޮކު އަސްކަރީ ފަރިތަކުރުން ތަކުގެ މައިގަނޑު ބޭނުމަކީ ވައިވެރިންގެ މެދުގައި އިތުބާރު ގާއިމުކުރުން ކަމަށް ޗައިނާ ބުނެ އެވެ. ބިރުބޮޑުވަމުން އަންނަ މި ޒަމާނުގައި ރައްކާތެރި ކަމަށް އެއްބާރުލާން ޖެހޭ ކަމަށް ވެސް ޗައިނާ ބުނެ އެވެ.
ރަޝިއާ އާއެކު ގާތް ގުޅުމެއް ދެމެހެއްޓުމަކީ ރައީސް ޝީ ޖިންޕިންގެ ވިސްނުންފުޅެއް ކަމަށް ވެސް ޗާއިނާ ބުނެ އެވެ. ޗައިނާ އާއި ރަޝިއާ އަކީ އަބަދު ވެސް އަސްކަރީ ފަރިތަކުރުންތައް ބާއްވާ ދެ ގައުމެވެ.