ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު އަގުހެޔޮވީ މިންވަރު އެސްޓީއޯއިން ރާއްޖޭގައި ހެޔޮކޮށްފި އެވެ.
އެސްޓީއޯއިން އަގަށް ގެނައި ބަދަލާއެކު 16.77ރ. އަށް ވިއްކަމުން އައި ޑީސަލް ލިޓަރެއް ދެން ވިއްކާނީ 16.32ރ. އަށެވެ. މިއީ 45 ލާރީގެ ހެޔޮވުމެކެވެ. އަދި ގިނަ އަދަދެއްގެ އެއްގަމު އުޅަނދަށް އަޅާ ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ވަނީ 16.55ރ. އިން 15.97ރ. އަަށް ހެޔޮކޮށްފަ އެވެ. މިއީ ގާތްގަނޑަަށް އެއް ރުފިޔާއާ ގާތް ކުރާ ހެޔޮވުމެކެވެ. މިފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 58 ލާރި ހެޔޮކޮށްފަ އެވެ.
އެންމެ ފަހުން އެސްޓީއޯ އިން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހު އެވެ. އެ ފަހަރު ޕެޓްރޯލް ލިޓަރަކުން 1.95ރ. އަދި ޑީސަލް ލީޓަރަކުން 1.97ރ. ބޮޑު ކުރި އެވެ.
ކޮވިޑް-19 އަށްފަހު އިގްތިސޯދު ހަމައަކަށް އެޅެމުންދަނިކޮށް ރަޝިއާއިން ޔޫކްރޭންއަށް އަރައިގަތުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަނުން އުފުލިފަ އެވެ. ނަމަވެސް އޯޕެކްގައި ހިމެނޭ ގައުމުތަކުގެ އެއްބާރުލުމާއެކު ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ހެޔޮވެފަ އެވެ.