އުތުރު ކޮރެއާ

ހައިޑްރޮޖެން ބޮން ޓެސްޓަކީ އަމިއްލަ ދިފާއަށް އެޅި ފިޔަވަޅެއް: އުތުރު ކޮރެއާ

މިދިޔަ ހަފްތާގައި އުތުރުކޮރެއާގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔަ ހައިޑްރޮޖެން ބޮމުގެ ޓެސްޓަކީ އެގައުމުގެ އަމިއްލަ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށް އެގައުމުގެ ރައީސް ކިމް ޖޮން އުން ވިދާޅުވެއްޖެ އެވެ.

ކިމް ވިދާޅުވީ އެ ނިއުކްލިޔަ ޓެސްޓަކީ ކޮރިއަން ޕެނިންސޫލާގެ ސަލާމަތާއި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެގައުމުން ކުރި ތަޖުރިބާއެއް ކަމަށެވެ.

ކިމް އެހެން ވިދާޅުވީ އުތުރުކޮރެއާއިން ހެދި އެ ޓެސްޓަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ފާޑު ކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން އެމެރިކާ، ޗައިނާ އަދި ޖަޕާނުން ވަނީ އުތުރުކޮރެއާއިން ކުރިއަށް ގެންދިޔަ އެޓެސްޓް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ގިނަ ގައުމުތަކަކުން އެކަމާއި ފާޑު ކިއުމުން އުތުރު ކޮރެއާއިން ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ރައީސް ކިމް ވަނީ އެފަދަ ޓެސްޓްތައް ކުރިއަށް ގެންދިއުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވެ އެވެ.

ނިއުކްލިއަ ބޮމުގެ 1000 ބޮމަށްވުރެ ބާރުގަދަ ހައިޑްރޮޖެން ބޮން ޓެސްޓްކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެސަރަހައްދަށްވަނީ 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ.