ކްރިމިނަލް ކޯޓް

ބަދުއަހުލާގީ އަމަލު ހިންގި ދެ މީހުން ބަންދަށް

ކްރިމިނަލް ކޯޓު --
0%
0%
0%

ހިޔާ ޓަވަރެއްގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން އެތަނަށް ދިޔަ ކަމަށެވެ. އަދި މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މައްސަލަ ބަލަމުންދާއިރު އެ ދެ މީހުންގެ ބަންދަށް ވަނީ 8 ދުވަސް ޖަހާފައެވެ.

ހިޔާ ޓަވަރެއްގައި ހާމައަށް ފެންނާނެހެން ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގަނިކޮށް ބަޔަކު ވަނީ ފޭސްބުކްގައި އެ މަންޒަރު ލައިވްވެސް ކޮށްފައެވެ. ހިޔާ ޓަވަރުގައި އުޅުނު އެތައް ބަޔަކަށް އެ މަންޒަަރު ފެނުނެވެ. އެކަން ހިނގިތާ އެތައް ވަގުތެއް ފާއިތުވީއިރުވެސް އެ ފްލެޓަށް ފުލުހުން އައިސްފައިނުވާތީ ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހިޔާ ޓަވަރެއްގައި ބަދުއަހުލާގީ އަމަލު ހިންގި ދެ މީހަކު ހައްޔަރު ކޮށްފައި މިވަނީ ރާއްޖެ އައި ބަންގާޅު ފިރިހެނަކާއެކު ދިވެހީންގެ އެތައް ބަޔަކު އެކި ރޭ / ދުވާލު މަތީން އެއްކޮޓަރިއެއްގައި ގުޅުން ހިންގަނިކޮށް ވީޑިއޯކޮށްފައިވާ މަންޒަރުތަކެއް އާންމުވެފައި ވަނިކޮށެވެ. އެ މައްސަލާގައި ބަޔަކު ހައްޔަރުކޮށް ދައުވާވެސް ވަނީ އުފުލަން ފޮނުވާފައެވެ. ބައެއް މީހުން މިހާރު ވަނީ ފުލުސް ބަންދުން ދޫކޮށްލާފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910