އައިޝަތު ނަހުލާ

ބޭނުމީ ގާސިމްގެ ފިކުރު ފަތުރަން: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް --
0%
0%
0%

ޖުމްހޫރީ ޕާޓީއަށް ބޭނުން ވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަތުރާ ފުޅާ ކޮށްދޭނެ މެންބަރުން ކަމަށް ޕާޓީގެ ކައުންސިލް މެމްބަރު އަދި ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ނަހުލާ މިހެން ވިދާޅުވީ ޖުމްހުރީ ޕާޓީއާ ރޭ ގުޅުނު ޒުވާނުންތަކެއް އެ ޕާޓީއަށް ސޮއި ކުރުމަށް ބޭއްވި ބައްދަލްވުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާ ނަހުލާ ވިދާޅުވި ގޮތުގައި ޕާޓީގެ މެންބަރުންގެ ކިބައިން އެކަމަނާ އެދިވަޑައިގަންނަވަނީ ގާސިމް އިބްރާހިމްގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކަށް ގެންގޮސް ދެއްވުމެވެ.

ހާއްސަކޮށް ގާސިމް ކޮށްދެއްވާފައިވާ ކަންކަމާއި އެމަނިކުފާނުގެ ވިސްނުންފުޅު ފަތުރައިދެއްވުމެވެ. އަދި ގާސިމަކީ ދީނީ / ގައުމީ ކަންކަމުގައި ވަރަށް ބޮޑު ލޯތްބެއް އޮތް ބޭފުޅެއްކަން ރައްޔިތުންނަށް ވިސްނަވައިދެއްވުމެވެ.

"ގާސިމް އިބްރާހިމްގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކަށް ތި ކުދިންގެ ފަރާތުން ގެންދިޔުން. ގާސިމް ކޮށްދެއްވާފައި ހުރި ކަންތައްތަކާއި ގާސިމްގެ ހިތުގައި ދީނާއި ވަތަނަށްޓަކާ އޮތް ލޯތްބާއި މި ޕާޓީގެ ކައުންސިލް މެމްބަރުންގެ ވިސްނުމާއި ފިކުރާއި ހުރިހާ ދިމާލަކަށް ފުޅާކުރުން،" ނަހުލާ ވިދާޅުވިއެވެ.

2023 ގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު އަނެއްކާވެސް ޖުމްހޫރީ ޕާޓީ ދަނީ ހަރަކާތްތައް އިތުރު ކުރަމުންނެވެ. އިންތިހާބެއް ނެތް ދުވަސްތަކުގައި އެއްވެސް ހަރަކާތެއް ނޯންނަ ޖޭޕީއަށް މި ފަހުން ގިނަ ބަޔަކު ދަނީ ގުޅެމުންނެވެ. އެޕާޓީގައި މިހާރުވެސް 20،000 ވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910