ޓޫރިސްޓް އެރައިވަލް

ރާއްޖެއަށް 1,040,939 ޓޫރިސްޓުން

Aug 22, 2022

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 1,040,939 ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ މިހާތަނަށް 1,040,939 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 1,094,379 ޓޫރިސްޓުންނެވެ. އެހެންކަމުން 2019 އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދަށް ވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންނާ އަޅާބަލާއިރު 4.9 ޕަސެންޓު ދަށްވެފައިވެ އެވެ.

ރާއްޖެއަށް އެއް މިލިއަން ވަނަ ޓޫރިސްޓު ހަމަވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި ޝަރަފް ލިބުނީ ޗެކް ރިޕަބްލިކަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ޑެނިއެލާ ކިލްނަރޯވާ އެވެ. މިއީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި ތިންވަނަ އަހަރެވެ.

ޑެނިއަލާ ރާއްޖެ އައި ފުރަތަމަ ފަހަރު ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރިއިރު ދެވަނަ ފަހަރު ހުރީ އަދާރަން މީދުއްޕަރުގަ އެވެ. ޑެނިއަލް ތިންވަނަ ފަހަރަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރީ ރޮބިންސަން ކްލަބް ނޫނުގަ އެވެ.

މީގެ 10 އަހަރު ކުރިން ފުރަތަމަ ފަހަރަށް ރާއްޖެ އައި ޑެނިއަލްއަށް މިފަހަރު އެއް މިލިއަން ވަނަ ފަތުރުވެރިޔާގެ ޝަރަފް ލިބުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއ އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުންނެވެ.