އިމްރާން އަބްދުﷲ

އެކި ޕާޓީތަކުން ވިއްކާނީ އެކި އެއްޗެތި: އިމްރާން

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ --
0%
0%
0%

ކުރިއަށް އޮތް 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަ ޖެހެން ފަށައިފި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިހެން ވިދާޅުވީ ރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. މި ފަހުން ވަރަށް އާންމުކޮށް ޓްވީޓް ކުރައްވަވާ އިމްރާންގެ ރޭގެ ޓްވީޓްގައި ވިދާޅުވީ ކުރިއަށް އޮތް 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަ ޖެހެން ފަށައިފި ކަމަށެވެ.

އަދި އެކި ޕާޓީތަކުން ރައްޔިތުންނަށް ވިއްކާނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އިމްރާންގެ އެ ވިދާޅުވުން ސާފުކޮށްދެއްވާފައެއް ނުވެއެވެ.

"އެންމެ ގިނަ ރައްޔިތުން ބަލައިގަންނާނެ އެއްޗެއް ވިއްކާނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓަކަށް ހެއްޔެވެ،" އިމްރާންގެ ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.

ސިޔާސީ ޓްވީޓެއް ނުކުރައްވާތާ އެތައް ދުވަހެއް ފަހުން މިދިޔަ މަހުން ފެށިގެން އިމްރާން ގެންދަވަނީ ގިނަ ޓްވީޓްތަކެއް ކުރައްވަމުންނެވެ.

މައިގަނޑުކޮށް މަސައްކަތް ކުރައްވަނީ އަދާލަތު ޕާޓީގެ ތަސައްވުރު ރީތި ކުރެއްވުމަށެވެ. އެ ޕާޓީ އުފެއްދި މަގުސަދާއި އެއްގޮތަށް ޕާޓީ ސާބިތުކޮށް އޮތް ކަމަށް ދެއްކެވުމަށެވެ. ނަމަވެސް ކޮންމެ ޓްވީޓަކާއި ގުޅިގެން އެތައް ބަޔަކު އޭނާއަށް ފާޑުކިޔައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910