ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ސަފާތު

Aug 22, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް ޞަފާތު އަހްމަދު ޒާހިރު، މިއަދު އައްޔަންކުރައްވައިފި އެވެ.

ޞަފާތު މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގަ އެވެ.

ޞަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމިއްޔާގެ ފައުންޑަރު އަދި ރައީސް އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ފުރުއްވުމާއި ފައިނޭންޝަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައިވެ އެވެ.

މީގެއިތުރުން އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.

ޞަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަސިޓީ އޮފް ނޮޓިންހަމް އިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ހޮވުމުގެ އިންތިހާބުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާއާ ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓަކީ ވެސް ޞަފާތެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ރޮޒައިނާ އެވެ.