ކްރިމިނަލް ކޯޓް

މީޑިއާ ނެޓް އޮފީހުގައި ހިންގި މާރާމާރީ: ދެ މީހަކު ހައްޔަރު

Aug 22, 2022

މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އޯކިޑްމަގުގައި ހުންނަ މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން 22 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން އަދި 19 އަހަރުގެ މީހާ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މަހުގެ 18 ވަނަ ދުވަހު ހިނގި މާރާމާރީގައި އެކަކަށް އަނިޔާވި އެވެ.