ގާސިމް އިބްރާހިމް

މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ހުށައަޅައިފި

މާމިިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް--- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަން ގާނޫނު އަސާސީއަށް އިސްލާހު ހުށައަޅުއްވައިފި އެވެ. މި އިސްލާހު ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ގާސިމް ހުށައެޅުއްވި އިސްލާހު ޖުމްހޫރީ ޕާޓީން މިރޭ ވަނީ އާންމު ކޮށްފައެވެ. އެ އިސްލާހުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވާނެ ކަމަށެވެ. އަދި އެއީ އިގްތިސާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއް ކަމަށް ކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅަން ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެހެން ކަމުން ގާނޫނު ހަދާ މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ގާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށް އިސްލާހުގައި ވަނީ ހުށައަޅުއްވާފައެވެ.

ގާސިމް މިފަދަ އިސްލާހެއް ހުށައެޅުއްވިއިރު ކޮންމެ ފަސް އަހަރަކުން މަޖިލީހަށް ދަނީ މެންބަރުން އިތުރުވަމުންނެވެ. 17 ވަނަ މަޖިލީހުގައި ތިބީ 77 މެންބަރުންނެވެ. 18 ވަނަ މަޖިލީހުގައި 85 މެންބަރުންނެވެ. އަދި މިހާރު ހިނގަމުންދާ 18 ވަަ މަޖިލީހުގައި 87 މެންބަރުންނެވެ. 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910