ބޮލީވުޑް

ވިދްޔުތް ޖަމްވާލްގެ "ހުދާ ހާފިޒް 2" ޒީ5ގައި ރިލީޒްކުރަނީ

Aug 23, 2022

ވިދްޔުތް ޖަމްވާލްގެ އެކްޝަން ފިލްމް "ހުދާ ހާފިޒް 2 – އަގްނީ ޕަރިކްޝާ 2" ޒީ5ގައި މިއަދު ރިލީޒްކުރަނީ އެވެ.

މި ފިލްމަކީ 2020 ގައި ނެރުނު "ހުދާ ހާފިޒް"ގެ ދެވަނަ ބައެވެ. މިއީ ފާރުކް ކަބީރް ލިޔެ އަދި ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގައި ވިދްޔުތް ޖަމްވާލްގެ ކެރެކްޓާ، ސަމީރް އަދި އޭނާގެ ލޯބިވެރިޔާ ނަރްގިސް (ޝިވާލީކާ އޮބަރޯއި)ގެ ވާހަކަ ކުރިއަށްދާނެ އެވެ.

ސަމީރް އާއި ނަރްގިސް ކުޑަ އަންހެން ކުއްޖެއް ކަމަށްވާ ނަންދިނީ އެޑޮޕްޓްކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެމުން ދަނިކޮށް، އެ ކުއްޖާ ސްކްލޫން ގެއަށް ދިޔަ މަގުމަތީގައި ކިޑްނެޕް ކުރެ އެވެ. ސަމީރުގެ އަމާޒަކީ ނަންދިނީ ސަލާމަތުން އަނބުރޭ ގެއަށް ގެނެއުމެވެ.

ޒީ5 އިން ބުނީ މިފަދަ އެކްޝަން ތްރިލާ ތަކަކީ އޯޑިއަންސްގެ މެދުގައި ވަރަށް މަގުބޫލު ޖޮންރާއެއް ކަމަށާއި "ހުދާ ހާފިޒް 2" އާއި "އާރްއާރްއާރް" ފަދަ ފިލްމްތައް އެ ޕްލެޓްފޯމަށް އިތުރުކުރަމުންދާނެ ކަމަށެވެ.

ވިދްޔުތް ޖަމްވާލަކީ ފޯސް، ކޮމާންޑޯ 1،2،3، އަންޖާން، ބާދްޝާހޯ އަދި ސަނަކް ފަދަ އެކްޝަން ފިލްމް ކުޅެފައިވާ ތަރިއެކެވެ.