މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޭލެވެލްގެ ދަރިވަރުންނަށް ކެމްބްރިޖު އިމްތިހާން ދޭން ނިންމައިފި

Aug 24, 2022

އޭ ލެވެލްގެ ދަރިވަރުންނަށް ކެމްބްރިޖް އިމްތިހާނު ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އޭ ލެވެލްގައި ކިޔަވާ ދަރިވަރުން ރާއްޖޭގައި މިހާރު ހަދަނީ އެޑެކްސެލް އިމްތިހާނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އޭ ލެވަލް ކުދިންނަށް ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި 2024 ވަނަ އަހަރު އޭ ލެވަލްގެ ދަރިވަރުން ހަދާނީ ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާން ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ގުރޭޑް 12ގެ ދަރިވަރުން 2024 ވަނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ ލެވެލްއަށް ކިޔަވަން ފަށާނެ އެވެ. އަދި އެ ކުދިން 2025 ވަނަ އަހަރު ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ހަދާނެ އެވެ.

"މިބަދަލާ ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ އަދި މިއަހަރު މަތީ ސާނަވީގެ ގުރޭޑް 11ގައި ކިޔެވުން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ވާހަކަ ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.

އޭ ލެވެލްގެ ދަރިވަރުންނަށް ކެމްބްރިޖް އިމްތިހާނު ދިނުމަށް ނިންމި ސަބަބެއް އއެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައެއް ނުވެ އެވެ.