ބޮލީވުޑް

ސްޕައިޑަމޭންގެ ފަހުގެ ފިލްމު އިންޑިއާގައި ރިލީޒްކޮށްފި

Aug 25, 2022

ސްޕައިޑަމޭން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމް "ސްޕައިޑަރމޭން: ނޯވޭ ހޯމްގެ އެކްސްޓެންޑަޑް ވާޝަން އިންޑިއާގައި ރިލީޒްކޮށްފި އެވެ.

ޓޮމް ހޮލެންޑާއި ޒެންޑާޔާ ކޯލްގެ މި ފިލްމްގެ އެކްސްޓެންޑަޑް ވާޝަން ކުރިން ރިލީޒް ކުރި ބައިތަކަށް ވުރެ 11 މިނެޓް ދިގެވެ.

ސޭމް ރައިމީ ޑައިރެކްޓްކުރި މި ފިލްމްގައި ޓޮމް ހޮލެންޑްގެ އިތުރުން "މަލްޓިވަސް" ހުޅުވި، ކުރިން ސްޕައިޑަމޭންގެ ރޯލް އަދާކޮށްފައިވާ ޓޯބީ މެގުއާޔަ އާއި އެންޑްރޫ ގާފީލްޑްވެސް މި ފިލްމުން ފެނިގެންދެ އެވެ.

މި ފިލްމުގައި ބެނެޑިކްޓް ކަމްބަބެޗް ޑރ ސްޓްރޭންޖްގެ ރޯލުގައި ފެނިގެންދެ އެވެ.

ސްޕައިޑަމޭން: ނޯވޭ ހޯމް ވަނީ ތިއޭޓަރު ތަކުގައި ވަރަށް ބޮޑަށް ހިނގާފަ އެވެ. އެގޮތުން މުޅި ދުނިޔޭގެ ޓިކެޓް ސޭލްސްއިން 1.9 ބިލިއަން ޑޮލަރު ހޯދާފައިވެ އެވެ.