ދުނިޔެ

ޓްރަމްޕްގެ ގަނޑުރަވަށް އެފްބީއައި ވަނީ ކުރިން އަންގާފައެއް ނޫން: ބައިޑަން

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި ދިރިއުޅުއްވާ ގަނޑުވަރު، މާރަލާގޯ އަށް އެފްބީއައި ވަދެގަތީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް ކުރިއާލައި އެއްވެސް އިޝާރާތެއް ކުރެއްވުމެއް ނެތި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އެކަން ހިނގުމުގެ ކުރިން އެ މަނިކުފާނަށް އެއްވެސް ވަރަކަށް އެކަމާ ގުޅުން ހުރި އެކައްޗެއް ވެސް އެނގިވަޑައި ނުގަންނަވަ އެވެ.

ބައިޑަން މިހެން ވިދާޅުވި ސަބަބަކީ ޓްރަމްޕާއި އެ މަނިކުފާނަށް ތާއީދުކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ބައިޑަން އަށް ކުޑައިމީސްކޮށް އެއްވުންތަކުގައި ވާހަކަދައްކަމުން ދާތީ އެވެ.

ޓްރަމްޕަށް ހެޔޮ އެދޭ މީހުން ގަބޫލުކުރާ ގޮތުގައި ބައިޑަންގެ އިޝާރާތެއް ނެތި އެފްބީއައި އިން އެވަރުގެ ކަމެއް ނުކުރާނެ އެވެ.

މި މައްސަލަ ފާޅުވުމާ ގުޅިގެން ވައިޓް ހައުސް އިން ވެސް ވަނީ ބައިޑަންގެ ޝާމިލްވުމެއް ނެތް ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ޓްރަމްޕް އާއި ވަފާތެރިން ވައިޓް ހައުސްގެ ބުނުން ގަބޫލެއް ނުކުރެ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން ތަހުގީގު ކުރިއަށް ގެންދަން ބައިޑަން ވަނީ ހުއްދަ ދެއްވާފަ އެވެ.

އެފްބީއައި އިން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ޓްރަމްގެ ގަނޑުވަރު މާރަލާގޯ އިން އޮގަސްޓް 8 ގައި ހޯދާފައި ހުރި ދައުލަތުގެ ރަސްމީ ލިޔުންތަކާ ބެހޭ ގޮތުން ތަފުސީލު ކޮށްފައި ވެއެވެ. ޓްރަމްޕްގެ ގަނޑުވަރުން 11 ފޮށި ފުރެންދެން ލިޔުންތައް ނެރުނު ކަމަށް ވަނީ ބުނެފަ އެވެ.

ޓްރަމްގެ ގަނޑުވަރުގައި ހުރި ކަމަށް ވަނީ އެފްބީއައި ބުނާ ގޮތުން ދައުލަތުގެ ބާރުކެނޑޭ ގޮތަށް އެއްވެސް ތަނަކަށް އުފުލިގެން ވާނެ ލިޔުންތަކެއް ނޫނެވެ.

ދައުލަތުގެ ސިއްރުތަކާއި ހިންގަން ކަނޑައަޅާފައި ހުރި ބައެއް ޕްރޮގްރާމްތަކާ ގުޅުން ހުރި ތަފުސީލުތައް ވެސް އެ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެފްބީއައި ބުނެ އެވެ.

އެފްބީއައި އިން ޓްރަމްޕްގެ ގަނޑުވަރު ހޯދާ ބެލުމަށް ހުއްދައަށް އެދި ކޯޓަށް ހުށަހެލި ލިޔުމުގައި ޓްރަމްޕްގެ މައްޗަށް ތިން ކަމެއް ތުހުމަތުކޮށްފައި ވެއެވެ.

އެއީ ދައުލަތުގެ ޖާސޫސީ ސިޔާސަތު ބޭޒާރުކޮށް ހުރަސްއެޅުން، ދައުލަތުގެ ރަސްމީ ލިޔުންތަކެއް ހިފެހެއްޓުން ނުވަތަ ނައްތާލުން އަދި ގާނޫންތައް ދަމަހައްޓައި އަމަލުކުރުމަށް ދަތިކުރުމެވެ.