ށ. ފުނަދޫ

ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި

Aug 25, 2022
1

ށ. ފުނަދޫގެ ރައްޔިތުން 36 އަހަރު ވަންދެން ހިންގަމުން އައި އިންޖީނުގެ ފެނަކައާ ހަވާލުކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް ފުނަދޫ ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.

ށ. އަތޮޅުގެ އެހެން ހުރިހާ ރަށްތަކެއް ފަދައިން ފުނަދޫގެ ކަރަންޓުގެ ހިދުމަތުގެ އިންގީލާބީ ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މިގޮތުން ފުނަދޫއަށް ފުރިހަމައަށް އަދި މެދުނުކެނޑި ކަރަންޓު ދިނުމަށް ބޭނުންވާ 600 އަދި 800 ކިލޯވޮޓްގެ މުޅިން އާ ދެ ޖެނެރޭޓަރު މިހާރު ވަނީ އެ ރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

‏އިންޖީނުގެ ހަވާލުކުރުމަށް ފުނަދޫގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.